ބ. އަތޮޅު ހޮސްޕިޓަލުގައި އޮޕަރޭޝަން ހާއްސަ ޑޮކްޓަރަކު ބަލި މީހުން ބަލަން ފަށައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އޮޕަރޭޝަން ޑޮކްޓަރެއްގެ ޚިދުމަތް މިހަފްތާ ދޭން ފެށުމުން، އާދައިގެ ހުރިހާ އޮޕަރޭޝަންތަކެއްވެސް އެ ހޮސްޕިޓަލުން މިހާރު ކުރެވޭނެ ކަމަށެވެ.
“މިވަގުތު އާދައިގެ ހުރިހާ އޮޕަރޭޝަންތައް ކުރެވޭނެ. އެގޮތުން ހާނިއާ، އެޕެންޑިކްސް، ގޮށްފަދަ ތަކެތި ނެގުން ކަހަލަ ކުދި ކުދި އޮޕަރޭޝަންތައް ކުރެވޭނެ. މި ހަފްތާވަނީ ކާމިޔާބު ކަމާއެކު އެޕެންޑިކްސް ކޮޕަރޭޝަނެއްވެސް ކޮށްފައި”
ބ. ހޮސްޕިޓަލުން އޮޕަރޭޝަން ކުރުމުގެ ހިދުމަތް މީގެ ކުރިން ލިބެމުން ނުދާތީ، އެ ހިދުމަތް ހޯދަން ގިނަބަޔަކު ދާން ޖެހެނީ މާލެ އަށެވެ.
އަތޮޅު ހޮސްޕިޓަލުގައި ސްޕެސަލިސްޓުންގެ ގޮތުގައި މިވަގުތު އޮޕަރޭޝަން ޑޮކްޓަރެއްގެ އިތުރުން، އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ދަަނީ މަސައްކަތް ކުރައްވަމުންނެވެ.