“ގެޓް ސެޓް” ރޯޑް ޝޯ ބ. އަތޮޅުގައި ބާއްވައިފި

ގެޓް ސެޓް
ގެޓް ސެޓް

 

ޒުވާނުންނަށް ލޯނުދިނުމާ ގުޅޭގޮތުން ޔޫތު މިނިސްޓްރީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހިންގަމުންގެންދާ “ގެޓް ސެޓް” ރޯޑްޝޯ ޕްރޮގްރާމް މިއަދު އޭދަފުށީގައި ބާއްވައިފި އެވެ.

މިއީ ޒުވާން “ވިޔަފާރިވެރިޔާ” އުފެއްދުމަށް ސަރުކާރުން ލޯނުގެ ގޮތުގައި ދޫކުރާ 300000.00ރ. (ތިންލައްކަ ރުފިޔާ) އިން ފެށިގެން 800000.00ރ. (އަށްލައްކަ ރުފިޔާ) ދެމެދުގެ ލޯން ފައިސާ ހޯދުމާއި ވިޔަފާރި ހިންގުމުގައި އަމަލުކުރާނެ ގޮތްތަކަށް ޒުވާނުން އަހުލުވެރި ކުރުމަށް ހިންގާ ވޯކްޝޮޕެކެވެ.

އޭދަފުށީ މަލްޓިޕާރޕަސް ހޯލްގައި މިއަދު ހެނދުނު 11:00 އިން ފެށިގެން 15:00 ކުރިޔަށް ގެންދިޔަ މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވީ ޔޫތު މިނިސްޓްރީގެ ބޭފުޅުންނެވެ.

ބ.އަތޮޅުގެ 9 ރަށަކުން 32 މީހުން ބައިވެރިވި މި ވޯކްޝޮޕްގައި ޒުވާން ވިޔަފާރި ވެރިންގެ އިތުރުން ކްލަބް ޖަމިއްޔާތަކާއި، އަންހެނުން ކޮމެޓީއާއި، ކައުންސިލް ތަކުގެ މެންބަރުންވެސް ބައިވެރިވި އެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމް މި މަހުގެ 23 ގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ކުރިއަށްދާނެކަމަށެވެ. އަދި ޒުވާން ވިޔަފާރިވެރިޔާގެ ލޯން ދޫކުރުމަށް ފުރުސަތު މި ހިނގާ އަންނަ މަހުގެ 18 ވަނަދުވަހު ހުޅުވާލާނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.