ޤާނޫނު އަސާސީ ދިފާއު ކުރުމަށް ތައްޔާރު: ތުޅާދޫ ކައުންސިލް

medium_42972

ސަރުކާރުން ކުރަމުން ގެންދާ ނާތަހުޒީބު އަމަލުތައް ހުއްޓުވާ ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ދެމެހެއްޓުމާއި ނެގެހެއްޓުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް ތިބި ކަމަށް ތުޅާދޫ ކައުންސިލުން ބުނެފިއެވެ.

ބ. ތުޅާދޫ ކައުންސިލްގެ ފަސް މެމްބަރުން ސޮއިކުރައްވާ ނެރިފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޤުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް އޮތުމުން މިއަދު މިފެންނަނީ އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ތަކުރާރުކޮށް ޤާނޫނު އަސާސީ އާއި އެ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްޤުތަކަށާއި މިނިވަން ކަމަށް ފާޅުގައި އަރައިގަންނަމުންދާ މަންޒަރު ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ ފަރާތުން ކުރަމުން ގެންދާ އެފަދަ ކަންކަން އެންމެ ހަރުކަށި އިބާރާތުން އެރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ކުއްވެރިކުރާ ކަމަށް ބުނެފައިވެއެވެ.

އަދި ވަގުތުން ވަގުތަށް އެ ހުދުމުހުތާރު އަމަލުތައް ހުއްޓާލުމަށް ތުޅާދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ޝުކުރު އަދާކޮށް އެކަމަށް ހިތްވަރު ދޭ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އަދި ތުޅާދޫ ކައުންސިލާއި ރައްޔިތުން ތިބީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ދެމެހެއްޓުމާއި ނެގެހެއްޓުމަށް ވާންޖެހުނު ކޮންމެ ގުރުބާނީ އެއްވެސް ވާން ތައްޔާރަށް ކަމަށް ބުނެފައިވެ އެވެ. (ޚަބަރު: ރާއްޖެ.އެމްވީ)

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. މުހައްމަދު

    އަންނި ޤާނޫނު އަސާސީއާ ޚިލާފުވިއިރު، ތުޅާދޫގެ ރީނދޫ ކައުންސިލް އޮތީ ނިދާފައިބާ؟ ތުޅާދޫ ކައުންސިލަށް ހޮވިފައިތިބީ ހައްތާވެސް ބޯންވާނެޔޭ ބޮވެންވާނެޔޭ ބުނާ ބަސް ގަބޫލުކުރާ މީހުން. އެއިން އެނގެނީ ތުޅާދޫގެ ގިނަ މީހުންނަކީ ބޯން ބޭނުންވާ މީހުންކަން.

    ރައްދު
  2. އަހަން ރަށު މީހާ

    ރީނދޫ ގައިގައި ލައިގެން ނޫސް ބަޔާން ނެރެނެރެ ތިބެންޖެހޭނީ ތިކަމެއް ބަލައިގަންނާނެ ބަޔަކު އަދި ކީއްކުރަން ތުޅާދޫ މީހުންވެސް ތި ކައުންސިލަރުން ދައްކާ ވާހަކައެއް ބަލައެއް ނުގަންނާނެ ، މީހުންގެ ބޯ ފެޅުމާއި ، ގަޔަށް ބޮލަށް ވެލި ޖެހުން ހުއްޓުމަށް ނޫސް ބަޔާން ނު ނެރުނީ ކީއްވެބާ …..ކައުންސިލް އޮތީ ފެއިލް ވެފައި ވާހަކަ ހުސްނުވާ ވާހަކަ އޮޑިތަކެއް .

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.