އޭދަފުއްޓަށްް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އޭދަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ބަލައިފާސްކުރިއިރު ފެނުނު މަސްތުވާތަކެތި-- ފޮޓޯ: އޭދަފުށި ޕޮލިސް ސްޓޭޝަން
އޭދަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ބަލައިފާސްކުރިއިރު ފެނުނު މަސްތުވާތަކެތި– ފޮޓޯ: އޭދަފުށި ޕޮލިސް ސްޓޭޝަން

 

ބ. އޭދަފުއްޓަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެއީ 29 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލާގައި އޭނާ ހައްޔަރުކޮށް، ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުން މީދޫ މެޖިސްޓްރޭޓް ކޯޓަށް ދިއުމުން ކޯޓުން ވަނީ ބަންދަށް 5 ދުވަސް ދީފަ އެވެ.

ފުލުހުން ބުނީ މިރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހާ ހައްޔަރު ކުރީ މާލެއިން އޭދަފުއްޓަށް އައި ސްޕީޑް ބޯޓަކުން މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢޫލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭދަފުށީ ބަނދަރު ސަރަހައްދުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސް ކުރި ވަގުތު ކަމަށެވެ. އަދި އެވަގުތު އޭނާގެ އަތުގައި  އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ސޯޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އައިން

    އެ މީހާގެ ނަން ހާމަނުކުރާތި ކޮންމެސް. އެއީވެސް އެދަފުއްޓަށްލިބޭ ހުތުރު ނަމެއް. އޭދަފުށީ މީހުން ލަދު ގަންނާނެ.

    ރައްދު
  2. zulfigaaru

    މީހާގެ ނަން ޖަހަލި ނަމަ ވަރަށް ރަގަޅު ، އޭރުންދޯ އަސްލު ޚަބަރެއް ކިޔާލީމަ އެ ކިޔާ މީހާއަށް އޭގެ އެންމެ ފުރިހަމަ މަޢުލޫމާތު ލިބޭނޭ… މިހާރު ޖެހޭނީ އެކަކު ގާތު އަހާލާފަ އަނެކަކު ގާތު އަހާލަން …..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.