އޭދަފުށީ ހިއްކި ސަރަހައްދުގައި ބޮޑު ހިލަ ޖަހަން ފަށައިފި

އޭދަފުށީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: ނައުޝަލް
އޭދަފުށީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރަނީ.—ފޮޓޯ: ނައުޝަލް

 

ބ. އޭދަފުށީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް ވިދާޅުވީ ހެވީ ފޯސް އިން ޕްރޮޖެކްގެ އަމަލީ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާ ކަމަށެވެ. މި މަސައްކަތް ފަށާފއިވަނީ ހިއްކި ސަރަހައްދުގެ ހުޅަގު އުތުރުންނެވެ.

ނައުރީފް “އީޓީ” އަށް ވިދާޅުވީ ހިއްކި ސަރަހައްދު ވަށައިގެން ބޮޑަށް ގިރާނެ ކަމަށް ބެލެވޭ ސަރަހައްދު ތަކުގައި 800 މީޓަރުގައި ރިވެޓްމަންޓް ޖަހާނެ ކަމަށެވެ.

ހެވީފޯސް ލިމިޓެޑާ އޭދަފުށި ހިއްކި ސަރަހައްދު ވަށައިގެން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހަވާލުކުރީ 62ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އޭދަފުށީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ ތެރެއިން.---ފޮޓޯ: ނައުޝަލް
އޭދަފުށީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ ތެރެއިން.—ފޮޓޯ: ނައުޝަލް

ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފެށިއިރު، ހިއްކި ސަރަހައްދުން ބޮޑު ބައެއް މިހާރު ވަނީ ގިރައިގެން ގޮސްފަ އެވެ. އެގޮތުން އިރު އުތުރުން ދިގު މިނުގައި ގާތްގަޑަކަށް 700 ފޫޓު އަދި ފުޅާ މިނުގައި 100 ފޫޓަށް ވުރެ ބޮޑުބައެއް ވަނީ ގިރައިގެން ގޮސްފަ އެވެ. އަދި ހުޅަނގު ދެކުނު ކަންމަތިން ވެސް ވަރަށް ބޮޑުބައެއް ވަނީ ގިރައިފަ އެވެ.

ހިއްކި ސަރަހައްދު ގިރައިގެން ވެލިތައް ބަނދަރު ތެރެއަށް އެޅުމުގެ ސަބަބުން ރަށުގެ އުތުރު ފަރާތު ބަނދަރުތެރެ ތިލަ ވުުމުގެ މައްސަލަ ވެސް ވަނީ ކުރިމަތިވެފަ އެވެ.

ކައުންސިލުން ބުނިގޮތުގައި މި ރަށުގެ ހިއްކި ސަރަހައްދުގައި އާބާދުކުރަން ނިންމާފައިވީ ނަމަވެސް ފްލެޓް އަޅާނީތޯ ނުވަތަ ގޯތި ދޫކުރާނީތޯ އަދި ނުނިމެ އެވެ.

ސަރުކާރުގެ ވިސްނުން ހުރީ އޭދަފުއްޓާ ކައިރި ރަށްތަކުން ބަދަލުވާން ބޭނުންވާ މީހުންނަށް ގެދޮރުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.