ޔުނިވަސިޓީން އޭދަފުށީގައި ޓީޗިން ޑިޕްލޮމާ ކޯސްތަކެއް ފަށަނީ

ޓީޗަރުންތަކެއް ޖަލްސާއެއްގައި. ޑިޕްލޮމާ ފެންވަރަށް ޓީޗަރުން ތަމްރީނު ކުރުމަށް އޭދަފުށީގައި އެމްއެންޔޫ އިން ކޯސްތަކެއް ފެށުމަށް ވަނީ އިއުލާންކޮށްފައި-- ފައިލް ފޮޓޯ
ޓީޗަރުންތަކެއް ޖަލްސާއެއްގައި. ޑިޕްލޮމާ ފެންވަރަށް ޓީޗަރުން ތަމްރީނު ކުރުމަށް އޭދަފުށީގައި އެމްއެންޔޫ އިން ކޯސްތަކެއް ފެށުމަށް ވަނީ އިއުލާންކޮށްފައި– ފައިލް ފޮޓޯ

 

ޑިޕްލޮމާ ފެންވަރަށް ޓީޗަރުން ތަމްރީން ކުރުމުގެ ހާއްސަ ޕްރޮގްރާމުގެ ދަށުން އޭދަފުށީގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ އައުޓްރީޗް ސެންޓަރެއް ގާއިމުކޮށް ޓީޗިން ޑިޕްލޮމާ ކޯސްތަކެއް ފަަށަން ނިންމައިފި އެވެ.

އެ ޔުނިވަސިޓީން ބުނިގޮތުގައި އެ ޕްރޮގްރާމް ފަށަނީ، ޓީޗަރުންގެ ފެންވަރު މަތިކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ހާއްސަ ކެމްޕެއިނެއް ފަށައި، ކިޔަވައިދިމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށް އެކަމުގައި އެހީތެރިވުމަށް އެދިފައިވާތީ އެވެ.

ޔުނިވަސިޓީން ބުނީ މިހާރު ހިދުމަތުގައި ތިބި ޓީޗަރުންގެ ތެރެއިން، ޑިޕްލޮމާ ފެންވަރު ނެތް ޓީޗަރުންނަށް ހާއްސަ ޕްރޮގްރާމެއް ހިންގަނީ “ވަރަށް ލުއި އަގެއްގައި” ކަމަށެވެ. އަދި ޑިޕްލޮމާ އިން ޓީޗިން ޕްރައިމަރީ ކޯހަކާއި ޑިޕްލޮމާ އިން ޓީޗިން ޕްރައިމަރީ (ދިވެހި، އިސްލާމް އަދި ގުރުއާން) ކޯހެއް ހިންގަން ވަނީ ހަމަޖެހިފައި ކަމަށް ޔުނިވަސިޓީން ބުންޏެވެ.

އަންނަ މަހު ފަށާ އެ ކޯހުގެ ފީ އަކީ 4،770ރ. އާ ކަމަށް ޔުނިވަސިޓީން ބުނެ އެވެ. ބްލޮކް މޯޑަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާ އެ ކޯސްތަކަށް އަންނަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށައެޅުމުގެ ފުރުސަތުވަނީ ހުޅުވާލައިފަ އެވެ. ކޯސްތަކަށް ދަރިވަރުން ހޮވުމުގައި އިސްކަންދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް ޔުނިވަސިޓީން ބުންޏެވެ.

ކޯހަށް ވަނުމުގެ ޝަރުތަކީ އެމްކިޔުއޭ ލެވެލް 4ގެ ސެޓްފިކެޓް އޮތުމާ އެކު، އެއް އަހަރު ދުވަހު ސްކޫލެއްގައި ކިޔަވައިދނުމުގެ ތަޖްރިބާ ލިބިފައިވުމެވެ. ނުވަތަ ޖީސީއީ އޯލެވެލްގެ އެއް މާއްދާއިން ފާސްވެފައިވުމާއެކު ފަސް އަހަރުދުވަހުގެ ކިޔަވައިދިމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ފާހެއް އޮތުމެވެ.

މިހާރު ތިބި ޑިޕްލޮމާ ފެންވަރު ނެތް ޓީޗަރުންނަކީ، އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު ތައާރަފުކުރި ޓީޗަރުންގެ އޮނިގަނޑަށް ނުފެތޭ މީހުންނަށް ވާނެތީ، އެ އޮނިގަނޑުގެ ތެރެއަށް އެ ޓީޗަރުން ފެތޭ މިންވަރަށް ގެންގޮސް ދިނުމަށް މިނިސްޓްރީން ދަނީ ވަރަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Rajjetherey meeha

    މިކޯސްތަކަށްވެސް އެޕްލައި ކުރެވެނީ ހަމަ މާލެއިން ..އައުޓް ރީޗް ސެންޓަރު ތަކުން އެކަން ކުރެވޭނެނަމަ ވަރަށް ފަސޭހަވާނެ .މިހާ މޫސުން ގޯސްދުވަސްވަރެއްގައި މިފަދަ ގޮތަކަށް އެމް އެން ޔޫ އިން ހަމަޖައްސައި ދިނުން ވަރަށް ބޮޑަށް އެދެން …

    ރައްދު
  2. baa

    ތިކަމަކީ މީގެ އެތައް އަހަރެއް ކުރިން ވެސް ކުރަން ވެފައި އޮތް ކަމެއް….އަހަރެމެންނަށް އަބަދުވެސް ވިސްނޭނީ ފޫކޮޅުގައި ރޯވީމާ…ޝުކުރިއްޔާ ..އެޑިޔުކޭޝަނަށާއި އެމް އެން ޔޫއަށް..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.