ބ. އަތޮޅުގެ ހަ ރަށަށް ސްޕޯޓްސް ކައުންސިލަރުން ހޯދަނީ

ސްޕޯތްސް ކައުންސިލަރުން ޓްރޭނިން ކުރުމަށް ހިިންގި ޕްރޮގްރާމެއްގެ ތެރެއިން

ބ. އަތޮޅުގެ ހަ ރަށަކަށް ސްޕޯޓްސް ކައުންސިލަރުން ހޯދަން ޔޫތް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިއަތޮޅުން ސްޕޯޓްސް ކައުންސިލަރުން ހޯދަން އިއުލާން ކުރި ރަށްތަކަކީ ކިހާދޫ، ދަރަވަންދޫ، ދޮންފަނު، ކަމަދޫ އަދި ތުޅާދޫގެ އިތުރުން އޭދަފުއްޓެވެ.

ސްޕޯޓްސް ކައުންސިލަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމުގެ ގޮތުން މުޖުތަމުގައި ހިމެނޭ ހުރިހާ އުމުރުފުރާ އަކަށް ބައިވެރިވެވޭ ގޮތަށް (އިންކްލޫސިވް) އެކްޝަން ޕްލޭނެއް ރާއްވައި ކުރިއަށް ގެންދިއުމާއިއެކު، އެ މަސައްކަތް ބެލެހެއްޓުން ހިމެނެއެވެ.

މީގެއިތުރުން ހިންގާ ޕްރޮގްރާމްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއްކުރުމާއި ޒުވާނުންގެ މަރުކަޒުގައި ހިމެނޭ ކުޅިވަރާއިބެހޭ އެންމެހާ އިކްއިޕްމެންޓް ތަކުގެ އިންވެންޓްރީ ނަގައި ރެކޯޑްތައް ބެލެހެއްޓުމާއިއެކު، އެއްޗެއް ހަލާކުވެއްޖެނަމަ ކަމާއިގުޅޭ ޑިޕާރޓްމެންޓަކާއި އެކަން ޙިއްސާކޮށް އެތަކެތި ހޯދުން ވެސް މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

ޔޫތް މިނިސްޓްރީން ބުނީ މި މަގާމުގެ ޝަރުތެއްގެ ގޮތުގައި ބަލާނީ ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ‘ސެކަންޑަރީ ސްކޫލް’ ނުވަތަ ‘ހަޔަރ ސެކަންޑަރީ ސްކޫލް’ ސެޓްފިކެޓް އިމްތިޙާނުގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން ކަމަށެވެ.

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 3 މާޗު ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަންނާނެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 4 މާޗު 2020 އާއި 5 އޭޕްރިލް 2020 އާ ދެމެދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ.

ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ތަމްރީން ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންފައިވާ ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.