
“ކިހާދޫ ސްކޫލް ގޯޒް ޑިޖިޓަލް” ގެ ނަމުގައި ކިހާދޫ ސްކޫލުގެ މެނޭޖްމެންޓާއި ޕީ.ޓީ. އޭ ގުޅިގެން ކުރިމަސައްކަތުން ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު އެ ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކެއްވަނީ ޑިޖިޓަލް ކުރެވިފަ އެވެ.
އެގޮތުން ގްރޭޑް 1 އިން ފެށިގެން 10 ގެ ހުރިހާ ކްލާސްރޫމްތަކެއްގައި ވަނީ މަލްޓި މީޑިއާ ބޭނުންކޮށްގެން ކިޔަވާދިނުމަށް ޓަކައި 52 އިންޗިއާއި 47 އިންޗީގެ ސްމާރޓް ޓީވީ ހަރުކުރެވިފަ އެވެ.
ކްލާސްރޫމްތައް ޑިޖިޓަލް ކުރެވުމުން، ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވުމާއި، ޒަމާނި ވަސީލަތްތައް ބެނުންކޮށްގެން ފިލާވަޅުތައް ކުރިއަށް ގެންދިމުގެ ފަސޭހަކަން ޓީޗަރުންނަށް ލިބިގެދާނެކަމަށް އެ ސްކޫލުން މައުލޫމާތުދެއެވެ. އަދި މިކަމަށް ޓީޗަރުން އަހުލުވެރި ކުރުވުމަށްޓަކައި، ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށްވެސް އެ ސްކޫލުން ބުނެއެވެ.
މީގެ އިތުރުން، މި ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައިވާތީވެ ކިހާދޫ ސްކޫލުގެ ޕީ.ޓީ.އޭ، ރީތި ބީޗް ރިސޯރޓް އަދި ފޯރ ސީޒަންސް ލަނޑާ ގިރާވަރަށް ސްކޫލުގެ ފަރާތުން ވަރަށްބޮޑަށް ޝުކުރު އަދާކުރެއެވެ.
ކިހާދޫ މީހުންގެ ހޭލުންތެރިކަން މިއިންވެސް އެނގިގެން ދަނީ…
ބ. އަތޮޅުގެ ކޮންރަށެއްގަތޯ މިކަން ކުރެވިފަިވަނީ؟؟؟؟؟
މީ ނަމޫނާއެއް. ސަރުކާރުން އަޅާނުލަންޏާ ކޮންމެވެސް ގޮތެއް އޮންނާނެ.