ބ. އަތޮޅު ޒުވާނުންގެ މަރުކަޒުން އޭދަފުށީގައި އެރޮބިކްސް ކްލާސްތަކެއް ފަށައިފި އެވެ.
އާންމުންނަށް ހިލޭ ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި 56 މީހުން ވަނީ ބައިވެރިވެފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ކަސްރަތު ކުރުމުގައި ގެންގުޅެންވީ އުސޫލުތައް ދަސްކޮށްދެވޭނެ ކަމަށް ޔޫތު ސެންޓަރުން ބުނެ އެވެ.
އެއް މަސްދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ޕްރޮގްރާމުގައި މައުލޫމާތު ދެނީ ޔޫތު މިނިސްޓްރީން ހިންގި، ޖިމް އެންޑް އެރޮބިކްސް އިންސްޓްރަކްޓާސް ޓްރެއިނިންގް ކޯސް ފުރިހަމަކޮށްފައިވާ އިންސްޓަރަކްޓަރެކެވެ.
އިންސްޓްރަކްޓަރ ހުނޭ… ސާބަހޭ މަންޖޭ….!!! ތިޔަ ކުދިންކޮޅު ނިކަން ލޫޅާފަތިކޮށްލަ ދީބަލަ….