
ދިރާގު ބ. އޭދަފުށީ އޮޕަރޭޝަން ސެންޓަރުން ތްރީޖީ އަދި އޭޑީއެސްއެލް ޚާއްސަ ޕްރޮމޯޝަނެއް ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.
ދިރާގު އޭދަފުށީ އޮޕަރޭޝަން ސެންޓަރުން ބުނިގޮތުގައި ތްރީޖީ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދު ހަވީރުގެ ނިޔަލަށް ކަމަށާއި އޭޑީއެސްއެލް ޕްރޮމޯޝަން އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ކޯރަލް ޕާކް ރެސްޓޯރަންޓްގައި ކުރިއަށްދާ ތްރީޖީ ޕްރޮމޯޝަން ތްރީޖީ ވައިފައި މޮޑަމް އާއި ޔޫއެސްބީ މޮޑަމް، ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ. އޭޑީއެސްއެލް ޕްރޮމޯޝަންގައި އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ކަނެކްޝަން ގުޅައިދެނީ ހިލެ އެވެ.
ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް މިފަދަ ތަފާތު ޕްރޮމޯޝަންތައް ހިންގަމުންނެވެ.