
ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް އަނިޔާކުރި މަންމައަކު ބ. އޭދަފުށިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރުން ފުލުހުންނަށް ހުށަހެޅި ގެވެށި އަނިޔާކުރުމުގެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ އަންހެނެއް ކަމަށެވެ. އެ މީހާ ހައްޔަރު ކުރީ ރޭ އެގާރަ ޖަހާ އެހާކަންހާއިރު އެވެ.
ފުލުހުން ބުނީ މި ރަށުގައި ހަތަރު އަހަރުގެ ކުޑަ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް މި ރަށު ކޯޓުން މިއަދު ހަތަރު ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
އެ ކުއްޖާއަށް އަނިޔާކުރުމުގެ ސަބަބުން ގައިގެ ތަންތަން ހުރީ ވަރަށް ބޮޑަށް ރަތްވެ ދުޅަވެފަ އެވެ. އެ ޒަހަމުތައް ބޭރުފުށުން ފެންނަން ހުރިއިރު އެ އަނިޔާތަކަށް އެ ކުއްޖާ އަށް ބ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ވެސް ހޯދައިފައިވާކަން އެނގިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި އަންހެން މީހާ އަކީ މިރަށު މީހަކާ އިދެގެން އުޅޭ ރ އަލިފުށި މީހެކެވެ.
އަނިޔާ ލިބުނު ކުއްޖާ މިހާރު ހުރީ އެ ކުއްޖާގެ މާމަގެ ބެލުމުގެ ދަށުގަ އެވެ. އަދި ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ވ. ރަކީދޫގައި ދެ އަަހަރުގެ ކުއްޖަކަށް އަނިޔާކޮށްގެން އެ ކުއްޖާ މަރުވި މައްސަލައެއް ވެސް މިއަދު ވަނީ ފެންމަތިވެފަ އެވެ.
އަނިޔާކުރާ މަންމަގެ ނަން ނޫހުގަ ޖެހުމައް ގޮވާލަން
ގެވެށި އަނިޔާ ލިބޭ ނުކުޅެދޭ ކުދިން ވެސް މަދެއްނޫ. އެމީހުން ނަށް ވެސް އަނިޔާ ލިބެނީ ސީދާ އެމީހުންގެ މައިން ބަފައިންގެ ފަރާތުން ކަން ފާހަނގަކުރަން.
mieee hama ekani engy aniyaaatha. adi meege kitha kudin thibeeneebaaa
ލަދުގަންނަން ބ އޭދިފުށި ރައްޔިތެކޭ ބުނަން……
ބ. އަތޮޅުގެ ހާލަތު….. ނަން ހާމަކުރަން ބިރުގަންނަނީ ތަ….