ބޮޑުހިލަ ޖަހާ ސަރަހައްދަށް ވަދެ ނޫޅުމަށް އިލްތިމާސްކޮށްފި

އޭދަފުށީގައި ރިވެޓްމަންޓްޖަހާ ސަރައްދުގައި މަސައްކަތް ހިގަމުންދާ ވަގުތު ކުނދިތަކެއް ވަދެ މަޖާ ކުރަނީ
އޭދަފުށީގައި ރިވެޓްމަންޓްޖަހާ ސަރައްދުގައި މަސައްކަތް ހިގަމުންދާ ވަގުތު ކުދިިންތަކެއް ހިނގާފައި އަންނަނީ. މި ސަރައްދަށް ވެއްޓި ގެނބެނިކޮށް އިއްޔެ ވަނީ ކުއްޖަކު ސަލާމަށްކޮށަފައި

 

ބ. އޭދަފުށީގައި މިހާރު ބޮޑުހިލަ ޖަހަމުންދާ ސަރަހައްދަކީ ރައްޔިތުން ދިއުން މަނާކޮށްފައިވާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަށް އާއްމުންގޮސް ވަދެ ނޫޅުމަށް އޭދަފުށީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

އޭދަފުށީ ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް ވިދާޅުވި ގޮތުގައި އެ ސަރަހައްދަށް އާއްމުން ގޮސް ވަދެ އުޅުމަކީ މަނާކަމެއްކަން ވާނީ އާންމުކޮށް އަންގައި އިއުލާންވެސް ކޮށްފަ އެވެ. އަދި އެ ސަރަހައްދަށް ގޮސް އުޅުމުން ދިމާވެދާނެ ނުރައްކާތެރި ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް ކުރިން އަންގާފައި ވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ރިވެޓްޓްމަންޓް ޖަހާ ސަރަހައްދުގައި ކުދިންތަކެއް ކުޅެ މަޖާކުރަނީ. މި ސަރަހައްދަށް ވަދެ އުޅުމަކީ މަނާކަމެއް
ރިވެޓްޓްމަންޓް ޖަހާ ސަރަހައްދުގައި ކުދިންތަކެއް ކުޅެ މަޖާކުރަނީ. މި ސަރަހައްދަށް ވަދެ އުޅުމަކީ މަނާކަމެއް

 

އޭދަފުށީގައި ރިވެޓްމަންޓް ޖަހަމުންދާ ސަރަހައްދު ބަލައިލަން، މަންމައާ އެކު އިއްޔެ ހަވީރު އަތިރިމައްޗަށް ގޮސް އުޅުނު ދޮޅު އަހަރުގެ ފިރިހެން ކުއްޖަކު ރިވެޓްމަންޓް ޖަހަން ކޮނެފައި އޮނތް ފުން ގަނޑަކަށް ވެއްޓި ގެނބެނިކޮށް ވަނީ ސަލާމަށްކޮށްފަ އެވެ. އެ ކުއްޖާ އަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

ރިވެޓްމަންޓް ޖަހާ ސަރަހައްދުން ބަޔަކު ހިނގާފައި އަންނަނީ
. ރިވެޓްމަންޓް ޖަހާ ސަރަހައްދުން ކުދިންތަކެއް ހިނގާފައި އަންނަނީ

 

ބަނދަރުހަދާ ރައްރަށުގައާއި ބިންހިއްކާ ރަށްރަށުގަ މަސައްކަތްކުރާތަން ބަލަން މަސައްކަތްކުރާ ސަރަޙައްދަށް ހަވީރުފިންޏަށް ހިގާލަންނުކުމެ، ކުދިން ގޮވައިގެން ވަނދެ އުޅުން އޮންނަނީ އާއްމުވެފަ އެވެ. ނަމަވެސް މިފަދަ ސަރަހައްދަށް ވަދެއުޅެނިކޮށް މިފަދަ ނުރައްކާތެރި ޙާދިސާތައް ހިނގުމަކީ ވަރަށް ކައިރި ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.