މިއަހަރުތެރޭ އޭދަފުށީގެ މަގުތައް ހަދަން ފަށަނީ

ބ. އޭދަފުށީ. މިއަހަރުތެރޭ މަގުތައް ހެދުމުގެ މަޝްރޫއު ފެށޭނެކަމަށް ހައުސިން މިނިސްޓްރީން ބުނޭ
ބ. އޭދަފުށީ. މިއަހަރުތެރޭ މަގުތައް ހެދުމުގެ މަޝްރޫއު ފެށޭނެކަމަށް ހައުސިން މިނިސްޓްރީން ބުނޭ

 

މިއަހަރު ތެރޭގައި ބ. އޭދަފުށި ހިމެނޭގޮތަށް އިތުރު ތިން ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު ފެށިގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ މިހާރު ހިނގަމުންދާ މަގު ހެދުމުގެ މަޝްރޫއުތަކުގެ އިތުރުން، އޭދަފުއްޓާއި ނ. މަނަދޫ އާއި ރ. އުނގޫފާރު އަދި އެ އަތޮޅު މީދޫގެ މަގުހެދުމުގެ މަޝްރޫއު މިއަހަރު ފެށޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަލަށް ފަށާ މަޝްރޫއުތައް ޓެންޑަރަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އީ އައިއޭގެ މަސައްކަތާއި، ޑިޒައިން މަސައްކަތަށް ފަހު، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ ރަށްތަކުގެ މަސައްކަތްވެސް ނިންމާލުން ކަމަށެވެ.

އަދި މިހާރުވެސް އަތޮޅުތަކުގެ ދިހަ ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތަށް ބޭނުންވާ ތާރު ރާއްޖެގެނެސް ވީހާވެސް އަވަހަކަށް އެ މަސައްކަތްތައް ނިންމުމަކީ އިސްކަންދެއްވާ ކަމެއްކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

“މިހާރު މަސައްކަތްތައް ކުރިއަށްގެންދާ ރަށްތަކުގެ ތެރެއިން ނަރުދަމާ އެޅިފައި ނެތް ރަށްރަށުގައި ނަރުދަމާ ގާއިމްކުރެވުނުހާ އަވަހަކަށް ތާރު އެޅުމުގެ މަސައްކަތްތައް ކުރެވޭނޭ،” މުއިއްޒު ވިދާޅުވި އެވެ.

މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓްގައި ކުރިއަށްދާ މަޝްރޫއުތަކާއި، އަލަށް ފަށާ މަޝްރޫއުތަކާއެކު ޖުމްލަ ސާދަ ރަށެއްގެ މަގުހެދުމުގެ މަސައްކަތް ވަނީ ހިމެނިފަ އެވެ

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އަހްމަދު ރަޝީދު (ސީޓޭ)

    މި ސަރުކާރުން، އީއައިއޭ ހެދުމާ ޑިޒައިން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ވަގުތު ދުއްވާލުން.

    ރައްދު
  2. bakuru

    އިންސާނުންނަށް މަގުގައި ނުހިނގުނަސް އޯކޭ ދޯ؟؟؟ އީއައިއޭ ހަދައިގެންވެސް އެބުނާ ތިމާވެއްޓެއް ސަލަމަތް ކުރަން ޖެހޭވީޔާ!!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.