މަރުހޫމް ޝާހީން ފުޓްސަލް ޗެލެންޖް މާޗް މަހު ފަށަނީ

1921133_424993527603459_847716178_o

އަލްމަރުހޫމް އަހްމަދު ޝާހީންގެ ހަނދާނުގައި ބާއްވާ ދެވަނަ ފުޓްސަލް މުބާރާތް މާޗް މަހުގެ 1 އިން 11 އަށް ބާއްވަން ނިންމައިފި އެވެ.

މުބާރާތް އިންތިޒާމުކުރާ ކްލަބް ދަ ބިގިނާސް އިން ބުނީ މުބާރާތުގައި އޭދަފުށިން މިއަހަރު ބައިވެރިކުރަން ހަމަޖެހިފައިވަނީ ހަތަރު ޓީމު ކަމަށާއި ބައިވެރިވުމުގެ ފުރުސަތު މިހާރު ޓީމުތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ކްލަބް ދަ ބިގިނާސް އިން ބުނީ މުބާރާތުގައި މިފަހަރު އޭދަފުށިން ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ 4 ޓީމު ކަމަށެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އާއި މުބާރާތް އިންތިޒާމުކުރާ ފަރާތުން ދައުވަތުދީގެން ބައިވެރިކުރާ 7 ޓީމަކާއެކެ ޖުމްލަ 12 ޓީމު ބައިވެރިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ދަ ބިގިނާސްއިން ބުންނެވެ.

ދައުވަތު ދީގެން ބައިވެރިފައިވާ 7 ޓީމުގެ ތެރޭގައި މިފަހަރު މުޅިން އަލަށް މި މިމުބާރާތުގައި ބައިވެރިވެފައިވަނީ އަމިއްލަފުށި ރިސޯޓާއި ކިހާދު މޯލްޑިވްސް އާއި ރޯޔަލް އައިލެންޑް ރިސޯޓް އަދި ގިނަ ދުވަސްތަކެއްވަންދެން މަރުހޫމް ޝާހީން މަސައްކަތްކުރި ރިސޯޓެއް ކަމުގައިވާ ވެލިގަނޑު އައިލެންޑް ރިސޯޓެވެ. ދެން ހިމެނެނީ މިދިޔަ ފަހަރުވެސް ވާދަކޮށްފައިވާ އަނަންތަރާ ކިހަވަށް ސްޓްރައިކާސް އާއި ސޮނެވާފުށި އަދި ފޯ ސީޒަންސް ލަނޑާގިރާވަރެވެ.

ދަ ބިގިނާސް އިން ބުނިގޮތުގައި މުބާރާތަށް އޭދަފުށިން ނަގާ 4 ޓީމު ނެގުމުގައި އެންމެ ފުރަތަމަ ސިޓީ ހުށައަޅާ ޓީމުތަކަށް އިސްކަންދެވޭނެ އެވެ. އަދި ސިޓީ ހުށައަޅާއިރު ބައިވެރިވުމަށް އެދޭ ފީ ދައްކަންޖެހެ އެވެ.  މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

މި މުބާރާތަކީ އަލްމަރުޙޫމް އަޙުމަދު ޝާހީންގެ ހަނދާން އާކޮށް، ބ. އަތޮޅުގެ ރިސޯޓްތަކާއި، އޭދަފުށީ ފުޓްސަލް ޓީމުތަކާއި ދައުވަތު ދެވޭ ހާއްސަ ފަރާތްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫޙާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. އަދި އެކުވެރިކަމާއި އެކު މަސައްކަތް ކުރުމުގެ ރޫޙް އާލާ ކުރުމާއި ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުންވެސް މި މުބާރާޓް ބާއްވާ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މުބާރާތުގެ ގަވައިދު އަދި ރެޖިސްޓްރޭޝަން ފޯމް ދަބިގިނާސްގެ އޮފީހުން އަދި އީޓީ އިން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ. އެ ކުލްބުގެ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:30 ން 9:45 އަށެވެ.

ބ. އޭދަފުށީ ހަލީމާމަންޒިލް، މަރުހޫމް އަހްމަދު ޝާހީން (ޖޯއީ)، 31، ނިޔާވީ 23 އޮކްޓޯބަރ 2012 ވަނަ ދުވަހު އަޟްހާ އީދުގައި އޭދަފުށީގައި އޮންނަ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެ ދުވަހު ހަވީރު ޕްރެކްޓިސް ކުރަމުން ދަނިކޮށް 6:15 ހާއިރު ދަނޑު މަތީގައި މަޑުކޮށްގެން ހުއްޓަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ ނިޔާވެފައި ކަމަށާއި ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންކަމަށް ޑޮކްޓަރުން ބުންޏެވެ.

މަރުހޫމް އަހްމަދު ޝާހީން (ޖޯއީ)، އަކީ ކުރިން ކްލަބް އީގަލްސް އަށާއި، އޭނާގެ އަންހެނުން ރަށް ކ. ހުރާގެ ހުއްރިޔާ ސްޕޯޓްސް ކްލަބަށްވެސް މޮޅު ކުޅުމެއް ދައްކާދީފައިވާ ކުޅުންތެރި އެކެވެ. އޭނާ އަކީ ފޯ ސީޒަންސް ކުޑަ ހުރާ ރިސޯޓްގައި ހައުސްކީޕިން ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ހީވާގި މުވައްޒިފެކެވެ. އަދި އޭގެ ކުރިން ޝާހީން ވަނީ ވެލިގަނޑު އައިލެންޑް ރިސޯޓްގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.