އިންފޮމޭޝަން އޮފިސަރުންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

unnamed

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލާނެ އިންފޮމޭޝަން އޮފިސަރުން ތަމްރީން ކުރުމަށް އަތޮޅުތަކަށް އަމާޒުކޮށްގެންވާ ބާއްވާ ފުރަތަމަ ޕްރޮގްރާމު މިއަދު ބ. އޭދަފުށިގައި ފަށައިފި އެވެ.

އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމު މިއަދު ހެނދުނު ފައްޓަވައިދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު އެވެ.

އަބްދުލް އަޒީޒު ވިދާޅުވި ގޮތުގައި ދައުލަތުގެ އިދާރާތަކުގައިވާ މައުލޫމާތު ވީހާވެސް ފުޅާދާއިރާއެއްގައި ޝާއިއު ކުރުމަށް ހިތްވަރު ދޭންޖެހެ އެވެ. އަދި މީހަކާ ގުޅޭގޮތުން ނުވަތަ ހިނގާފައިވާ ކަމަކުން ދައުލަތުގެ އިދާރާއަކުން ދޭ މައުލޫމާތު ތަކަކީ ފުރިހަމަ ތެދު އަދި އޮޅުމެއް ނެތް މައުލޫމާތެއްކަން ކަށަވަރުކުރުމަށް ވަނީ އަބްދުލް އަޒީޒު ވަނީ އެދިވަޑައިގެންފަ އެވެ.

ސަރުކާރު އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންފޮމޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ތަމްރީން ޕްރޮގްރާމުގައި ބ. އަތޮޅުގެ 13 ރަށަކަށް 35 މީހުން ބައިވެރިވެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަކީ، ދައުލަތުގެ އެންމެހައި ކަންކަން ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބާދާރީ ކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު ލިބިދެވޭ ދާއިރާ އެކަށައަޅައި ދައުލަތުގެ އިދާރާތަކުން ބަލަހައްޓާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށް ލިބިދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ. މި ގާނޫނުތަކުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެކަށައެޅުމާއި ދައުލަތުގެ އިދާރާތަކުގައިވާ މައުލޫމާތު ވީހާ ވެސް ފުޅާ ދާއިރާއެއްގައި ޝާއިއުކުރުމަށް ހިތްވަރު ދިނުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.