ޑުސިޓުން ރާއްޖޭގެ ފުރަތަމަ ފްރީ ޑައިވިން ސެންޓަރު ހުޅުވައިފި

Free-diving-at-Dusit-Thani-Maldives2-hi

ބ. އަތޮޅުގައި ހިންގާ ޑުސިޓް ތާނީ މޯލްޑިވްސް އިން ރާއްޖޭގެ ފުރަތަމަ ރަސްމީ ފްރީ ޑައިވިން ސެންޓަރު އެ ރިސޯޓުގައި ހުޅުވައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ނޫހެއްގައި ބުނެފައިވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ހުޅުވާފައިވާ މި ސެންޓަރަކީ ދުނިޔޭގެ މަޝްހޫރު ފްރީ ޑައިވިން ގްރޫޕް، އެޕްނިއާ ޓޯޓަލް އާއި ގުޅިގެން ހުޅުވާފައިވާ ސެންޓަރެއް ކަމަށެވެ.

އެ ސެންޓަރުން ފްރީ ޑައިވިން އަށް ތަމްރީނުވުމަށްފަހު ލިބޭ އެޕްނިއާ ޓޯޓަލްގެ ސެޓްފިކެޓްތައް ވާނީ ބައިނަލްއަގްވާމީ ފެންވަރުގައި ގަބޫލުކުރާ ސެޓްފިކެޓް ތަކަކަށެވެ. އަދި އެ ސެންޓަރުން ބުނާ ގޮތުގައި ރިސޯޓަށް އަންނަ ފަރާތްތައް ތަމްރީނު ކުރުވާނީ ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ ޓީމެއް ބޭނުންކޮށްގެންނެެވެ.

ފްރީ ޑައިވިންގެ ބޭސިކް ކޯސްތަކުން ފަށައިގެން ގޮސް މާސްޓާސް ކޯސްތަކާއި ހަމައަށް އެ ސެންޓަރުން ތަމްރީނުދޭ އިރު، ކޯސްތަކުގެ ދިގު މިނަކީ ދެ ދުވަހާއި ފަސް ހަފްތާއާއި ދެމެދު ކަމަށް ރިސޯޓުން ބުނެ އެވެ.

ޑުސިޓް ތާނީ މޯލްޑިވްސް
ޑުސިޓް ތާނީ މޯލްޑިވްސް

 

ބޭސިކް ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް އެއް ނޭވާގައި 20 މީޓަރު އަޑިއަށް ފީނުމުގެ ގާބިލުކަން ލިބޭނެ ކަމަށް އެ ރިސޯޓުން ބުނާއިރު އެޑްވާންސް ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް 40 މީޓަރާއި ހަމައަށް ފީނުމުގެ ގާބިލުކަން ލިބޭނެ ކަމަށްވެސް ބުނެ އެވެ.

ފްރީ ޑައިވިން އަކީ ސްކޫބާ ޑައިވިން އާއި ހިލާފަށް ގޭސްފުޅި ބޭނުންނުކޮށް ކުރާ ޑައިވިންގެ ވައްތަރެކެވެ. ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު ކުރަމުންދާ މިވަތްތަރުގެ ޑައިވިން އަކީ ފީނާ މީހާގެ ނޭވާގެ ދިގުމިނަށް ބަރޯސާވާ ޑައިވިންއެކެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފްރީ ޑައިވިންގެ ސަބަބުން ސިއްހީ ގޮތުންނާއި ފިޓްނަސްގެ ގޮތުން ތަފާތު އެކި ކަހަލަ ފައިދާތައް މީހާއަށް ކުރުވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.