ބ. އޭދަފުށީގައި ވާހަކަ ދެއްނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އީޓީ އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މިރަށު ފިހާރައެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެކެވެ. އަދި އެ މީހާ ހައްޔަރުުކުރި އިރު ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ އަންހެން މީހާ ބަނޑުބޮޑު ކަމަށް ވެ އެވެެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖެންޑަރ މިނިސްޓްރީގެ ފަރާތުން 2015 ފެބްރުއަރީ 03 ވަނަ ދުވަހުއެވެ.
މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.