ދަރަވަންދޫ ހުޅަނގުފަރާތް ވަރަށް ބޮޑަށް ގިރަން ފަށައިފި

ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ  ދަރަވަަންދޫ ހުޅަގު ފަރާތު ބައެއް ބައެއް ގަސްތައް ވެއްޓިފައި-- ފޮޓޯ / ޜާއްޖެ އެމްވީ
ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ދަރަވަަންދޫ ހުޅަގު ފަރާތު ބައެއް ގަސްތައް ވެއްޓިފައި– ފޮޓޯ / ޜާއްޖެ އެމްވީ

 

ބ. ދަރަވަންދޫ ހުޅަނގުފަރާތު ގޮނޑުދޮށަށް ވަރަށް ބޮޑަށް ގިރަމުގެ މައްސަލަ ކުރިމަތިވެ، އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބެން ފަށައިފި އެވެ.

ދަރަވަންދޫ ކައުންސިލުގެ ރައީސް ހުސެއިން ނާޒިމު ވިދާޅުވީ، އެރަށުގެ ހުޅަނގުފަރާތު ގޮނޑުދޮށް ވަރަށް ބޮޑަށް ގިރަން ފަށާފައިވާ ކަމަށާއި، އޭގެ ސަބަބުން  އެ ސަހައްދުގައި ހުރި ގިނަ އަދަދެއްގެ ގަހާއި ރުއްތަކަށް ގެއްލުން ލިބި، ވެއްޓެމުންދާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، އެރަށު ހުޅަނގުފަރާތުގެ ގޮނޑުދޮށް ގިރަމުންދާލެއް ބޮޑުކަމުން، އެސަހައްދުގައި މީހުން ދިރުއުޅުމަށް ހަދާފައިވާ ބައެއް ގެތަކަށް ވެސް ލޮނުވަދެ، ގެއްލުން ލިބެމުންދާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، މިކަމަކީ މީގެ ކުރިން ވެސް އިރުވައި މޫސުމުގައި ކުރިމަތިވަމުން އަންނަ މައްސަލައެއް ކަމަށާއި، ނަމަވެސް މިހާރު އެ ސަރަހައްދު ގިރަމުންދަނީ ކުރިއަށް ވުރެ މާ ބޮޑަށް ކަމަށެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެހިސާބުގައި ހުންނަ ގެތައް ކުރިމަތީގައި އެރަށު ކައުންސިލްގެ ފަރާތުން ވެލި ގޯނި ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ކަމާބެހޭ ފަރާތްތަކާއި މިކަމާއިބެހޭގޮތުން ވާހަކަ ދައްކަމުން އެރަށު ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.