އޭދަފުށީ މެޑިކަލް ސެންޓަރުން އައި ކޭމްޕެއް ބާއްވަނީ

eye

އޭދަފުށީ މެޑިކަލް ސެންޓަރުން ލޮލުގެ ބަލިތަކަށް ހާއްސަކޮށްގެން އައިކޭމްޕެއް ބާއްވަން ނިންމައިފި އެވެ.

މިކޭމްޕް ކުރިއަށްދާނީ މިހިނގާ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މާރޗްމަހުގެ 2 ގެ ނިޔަލަށެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުގެ ވެރިޔާ މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި، ފެބްރުއަރީ 28 އިން މާޗު 2 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި ފަރުވާ ދެއްވާނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ އަރުވިންދު އައި ހޮސްޕިޓަލްގެ ލޮލުގެ ހާއްސަ ޑޮކްޓަރު މުއީނުއްދީން އަހުމަދު އެވެ.

“މި ކޭންޕުގައި ދެވޭފަރުވާ ތަކުގެ ތެރޭގައި ލޯ ފުސްވާން ދިމާވާ މައްސަލަތަށް، ކަރުނަވަޅަށް ދިމާވާ މައްސަލަތަށް، ލޮލުން ފެން އަންނަ މައްސަލަތަށް، ހަކުރުބަލީގެ ސަބަބުން ލޮލަށްޖެހޭ ބަލިތަކަށް ފަރުވާ ދެއްވާނެ އަދި މީގެ އިތުރުންވެސް ލޮލަށް ދިމާވާ އެހެން މައްސަލަ ތަކުގެ އިތުރުން ލޮލުގެ ނަންބަރު ނެގުމާއި އައިން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތްވެސް ލިބޭނެގޮތް ހަމަޖައްސައި ދެވޭނެ،” ރަޝީދު ވިދާޅުވި އެވެ.

މި ކޭމްޕް ކުރިއަށްދާއިރު ބެންގަލޫރުގެ މެޑިސްކޭން ހޮސްޕިޓަލުގެ ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑރ މުހުސިން މާލިކްވެސް ހަމަ އެ ދުވަސްތަކުގައި އެ ކްލިނިކްގައި ކުޑަކުދިންގެ ބަލިތަކަށް ފަރުވާދެއްވާނެ އެވެ.

އިތުރު މައުލޫމާތާއި އެޕޮއިންޓްމަންޓް ހެއްދެވުމަށް ގުޅުއްވާނީ 7523242 އަދި 9631111 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.