ނުކުޅެދޭ ދަރިފުޅު ހިލިހިލާ ޖަހާފައި ހުރެގެން ބައްޕަ ހައްޔަރުކޮށްފި

ބ. އޭދަފުށި
ބ. އޭދަފުށި

 

ބ. އޭދަފުށީގައި ނުކުޅެދުންތެރިކަން ހުރި 23 އަހަރުގެ ފިރިހެން ދަރިފުޅު ހިލިހިލާ ޖަހާފައި ހުއްޓާ ފެނިގެން ފުލުހުން އޭނާގެ ބައްޕަ މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހަކު ބެލުމުގައި އިންސާނީ ކަރާމަތަށް އުނިކަން ލިބޭގޮތަށް އަމަލުތަކެއް ހުރި ކަމަށް ފެންނާތީ ފުލުހުންގެ ބެލުމުގެ ދަށަން ގެންގޮސްފައި ވަނީ 50 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ބ. އަތޮޅު ހޮސްޕިޓަލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ މީހާ މިރޭ ހައްޔަރުކުރީ ކުށުގެވެށިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ދަރިފުޅަށް އިހުމާލުވާ މައްސަލަ ފެންމަތިވީ، ނުކުޅެދޭ މީހާގެ ބޯ ފަޅައިގެން ގޮސް ފަރުވާ ހޯދަން ހޮސްޕިޓަލަށް ދިއުމުންނެވެ. އަދި ފަރުވާ އަށް ފަހު އޭނާ ގެއަށް ދިޔަ ފަހުން ފުލުހުން އެ ގެއަށް ގޮސް ބެލިއިރު ނުކުޅެދުންތެރިކަން ހުރި މީހާ އިނީ ހިލިހިލާ ޖަހައި ބަންދުކޮށްފައި ކަމަށް ވެ އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު “އީޓީ” އަށް ކިޔައިދިން ގޮތުގައި ވާހަކަދެއްކުމުގައި އުނިކަމެއް ހުންނަ އެ ކުއްޖާއަށް ތަޅާ އަނިޔާކުރާ ކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.

“އަދި ކިރިޔާނު ތިކަން ތި އެނގުނީ، އެ ކުއްޖާއަށް އަބަދުވެސް ވަރަށް އަނިޔާކުރޭ،” އޭނާ ކިޔައިދިނެެވެ.

ނުކުޅެދޭ މީހަކަށް އަނިޔާކުރި ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ނުކުޅެދުންތެރި އަންހެނަކާ މެދު ގަދަ ކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ވެސް މިދިޔަ ހަފްތާތެރޭ މި ރަށުން ހައްޔަރު ކޮށްފައިވެ އެވެ. އަދި ހަތަރު އަހަރުގެ ދަރިފުޅަށް އަނިޔާކުރި މަންމައަކު ވެސް މިދިޔަ މަހު ފަހުކޮޅު ހަމަ މި ރަށުން ވަނީ ހައްޔަރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. ޔޫސުފްޢަލީ

    ބަލަ ކެންދޫގަ ވެސް ކުއްޖަކު ބަދެގެން ގެންގުޅ:ޭކަމަށް މަޢުލޫމާތު ލިބޭ ! ޖެންޑަމިނިސްޓްރީގެ ސަމާލުކަމަށް ބުނެލަން

    ރައްދު
  2. ޔޫސުފްޢަލީ

    ކެންދޫގައިވެސް ސިކުނޑި ހަމަނުޖެހޭ 23 އަހަރުގެ އަންހެންކުއްޖަކު ބަނދެގެން ގެންގުޅޭކަމުގެ މަޢުލޫމާތު ލިބޭ ޖެންޑަ މިނިސްޓްރީގެ ސަމާލުކަމަށް މިވާހަކަބުނެލަން މިކަން ބަލާނެކަމަށްވެސް އުއްމީދުކުރަން

    ރައްދު
  3. kamanaa

    ބުނާބަސް އަހަނީ އެއްނޫ. 24 ގަޑިއިރު ކިހިނެއްތޯ ހުންނާނީ އެދަރިފުޅުބަލަން. އެދަރިފުޅު ދޫކޮށްލާފައި ހުރުމުން އެހެން މީހުނަށް އުނދަގޫ ކުރީމަ ޝަކުވާ ހިފައިގެން މައިން ބަފައިން ގެ ގާތަށް އައީމަ މާ ދެރަވާނެ. އެމީހުން ނަށް މާ ހިތަށް ފަސޭހަވާނެ ބަނދެގެން ގެންގުޅެން. އެއީ ދަރިފުޅުގެ ރަށްކަލަކަށް. މީގެ ކުރިންވެސް ތިޔަބުނާ ފުލުހުންނާ ޖެންޑާ ހުރޭ. އޭނަ މަގުމަތީގަ އުޅޭ ދަންވަރުވެސް. އެމީހުން ތިބެނީ ނިދާފަ.

    ރައްދު
  4. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    ހުރިހާ ކަމެއްގައިވެސް ނަމޫނާ ރަށެއްގެ ގޮތުގައި އޭދަފުށި މަޝްހޫރުވުމީ ހިތާމަ ހުރި ކަމެއް. ރައްޔިތުން ހޭލުންތެރި ކުރުވުމަށްޓަކައި ރަނގަޅު ޕްލޭނަކާ އެއްގޮތަށް މަސައްކަތް ކުރެއްވުމަށް ބެލެނިވެރި ފަރާތްތަކަށް ގޮވާލަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.