ރޯޔަލުގައި ކެއްކުމުގެ މުބާރާތެއް ބާއްވައިފި

ރޯޔަލް ޝެފް ޗެލެންޖް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރޯޔަލް އައިލެންޑް ރިސޯޓް
ރޯޔަލް ޝެފް ޗެލެންޖް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ: ރޯޔަލް އައިލެންޑް ރިސޯޓް

 

 

ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޝެފުންގެ ހުނަރުވެރިކަން އިތުރު ކުރުމުގެ ގޮތުންނާއި މަސައްކަތަށް އަހުލުވެރިކުރުވުމުގެ ގޮތުން “ރޯޔަލް ޝެފް ޗެލެނެޖް 2015″ ގެ ނަމުގައި ކެއްކުމުގެ މުބާރާތެއް ބާއްވައިފި އެވެ.

ދެ ކެޓެގަރީއަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 28 ޝެފުން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ އެއްވަނަ ކެޓަގަރީން 1ވަނައަށް ހޮވިފައިވަނީ ޙަސަން ސަޢީދު އެވެ. ދެވަނަ ކެޓަގަރީން 1 ވަނަ ހޯދީ ގުގަނާދަން މަނިކަމް އެވެ.

އެންމެ ކްރިއޭޓިވް ޝެފަކަށް ސައްޔިދު މުޙައްމަދު ކަމާލު ހޮވިފައިވާ އިރު، މުބާރާތުގެ އައުޓުސްޓޭންޑިންގ ޝެފަކަށް ހޮވިފައިވަނީ ކެޓަގަރީ1ގެ އެއްވަނަ ހޯދި ޙަސަން ސަޢީދު އެވެ.

ވިލާ  ރިސޯޓުގެ އެގްޒެކެޓިވް ޝެފުންގެ ޓީމަކުން ޖަޖުކަން ކޮށްދީފައިވާ މި މުބާރާތުގެ ރޯޔަލް ޝެފް ޗެލެންޖު 2015ގެ އެކިވަނަތަކަށް އައި ފަރާތްތަކަށް ޓްރޮފީ އާއި މެޑެލް އަދި ފައިސާގެ އިނާމު ޙަވާލު ކޮށްދެއްވީ އެ ރިސޯޓުގެ ބައެއް އިސްވެރިންނެވެ.

ރޯޔަލް އައިލެންޑު ރިސޯޓު އެންޑު ސްޕާ އަކީ މުވައްޒަފުންގެ ހުނަރުވެރިކަން އިތުރު ކުރުމަށް ތަފާތު އެކި މުބާރާތްތައް ބާއްވަމުން އަންނަ ރިސޯޓެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން ތަފާތު ކުޅިވަރު މުބާރާތްތައްވެސް އެ ރިސޯޓުން އަންނަނީ ބާއްވަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.