ވައްކަރު ކައިރިން ދެ ކިނބޫ ފެނިއްޖެ!

ވައްކަރު ކައިރިން ދެ ކިނބޫ ފެނުނު ކަމަށްބުނާ ސަރަހައްދު
ވައްކަރު ކައިރިން ދެ ކިނބޫ ފެނުނު ކަމަށްބުނާ ސަރަހައްދު

 

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ވައްކަރު ދެކުނު ފަރާތު ފަޅު ތެރެއިން ދެ ކިނބޫ ފެނިއްޖެ އެވެ.

އެ ސަރަހައްދުން ދެ ކިނބޫ ފެނުނު ކަމަށް އެ ރަށުން މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން  ފުލުހުންނާއި ބައޮސްފިއާ ރިޒާވް އޮފީހުގެ މުވައްޒަފުން އަދި ވައްކަރުގައި މަސައްކަތް ކުރާ މީހުން ވެގެން ކިނބޫ ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

“ކިނބޫ ފެނުނުކަމަށް ބުނާ މީހާ އެބަ ބުނޭ ވަރަށް ކައިރީގަ އޭ ދެ ކިނބޫވެސް ތިބީ. އޭގެ ތެރެއިން އެއް ކިނބުލުގައި 2 ފޫޓް އަދި އަނެއް ކިނބުލުގައި 4 ފޫޓް ހުރި ކަމަށް ބުނޭ. އޭނަ ވަރަށް ޔަގީންކޮށް އެބަ ބުނޭ އެއީ ދެ ކިނބޫކަން، އަދި އެ ދޭތި އޮޔާ ދަތުރު ކުރަމުން ދިޔައީ ވިލުތެރެއިން ބޭރަށް ކަމަށް،” ކިނބޫ ހޯދަން ގޮސްހުރި މީހަކު އީޓީ އަށް ކިޔައިދިނެވެ.

“ފުލުހުން މިހާރު އެބަ ބަލާ ރަށު ތެރެއަށް ކިނބޫ އަރާފައިވޭތޯ، އަނެއް ބަޔަކު މިދަނީ އެ ދޭތި ފެނޭތޯ ބަލަމުން” އޭނާ ބުންޏެވެ.

ވައްކަރު. އެރަށް ކައިރިން ދެ ކިނބޫ ފެނުނުކަމަށް ރިޕޯޓްކުރުމުން މިހާރުދަނީ އެ ސަރަހައްދު ބަލަމުން
ވައްކަރު. އެރަށް ކައިރިން ދެ ކިނބޫ ފެނުނުކަމަށް ރިޕޯޓްކުރުމުން މިހާރުދަނީ އެ ސަރަހައްދު ބަލަމުން

 

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުން އާދަޔާޚިލާފަށް ގިނައިން ކިނބޫ ފެންނަމުން ދެ އެވެ. މަރުވެފައި އޮތް 10 ފޫޓުގެ ކިނބުލެއް މިއަދު ވަނީ ހދ. ނޮޅިވަރަމަށް ލައްގައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.