ގާނޫނުލް އުގޫބާތަށް ފުލުހުން ހޭލުންތެރި ކުރުމުގެ ބައްދަލުވުމެއް ފަށައިފި

އާ ގާނޫނުލް އުގޫބާތަށް ފުލުހުން އަހްލުވެރިކުރުމަށް  އޭދަފުށީގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިނ—ފޮޓޯ / ޕޮލިސް
އާ ގާނޫނުލް އުގޫބާތަށް ފުލުހުން އަހްލުވެރިކުރުމަށް އޭދަފުށީގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިނ—ފޮޓޯ / ޕޮލިސް

ނޯތު ޕޮލިސް ޑިވިސަންގައި މަސައްކަތް ކުރާ ފުލުހުންނަށް އަމާޒުކޮށްގެން އާ ގާނޫނުލް އުގޫބާތަށް އަހްލުވެރި ޕްރޮގްރާމެއް އޭދަފުށީގައި ފަށައިފި އެވެ.

މިހާތަނަށް ރާއްޖޭގައި އެކުލަވާލި އެންމެ ބޮޑު ގާނޫނު ކަމަށް ވާ ގާނޫނުލް އުގޫބާތަށް ފުލުހުން އަހުލުވެރި ކުރުވުމުގެ މި ޕްރޮގްރާމުގައި ނ، ރ އަދި ބ އަތޮޅުގައި މަސައްކަތްކުރާ 27 އިންވެސްޓިގޭޝަން އޮފިޝަލުން ވަނީ ބައިވެރިވެފަ އެވެ.

ޔޫއެންޑީޕީ އާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހާއި އެޓާނީ ޖެނަރަލް އޮފީސް ގުޅިގެން ތިން ދުވަހުގެ ނިޔަލަށް އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ކިޔަވައިދެއްވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް އަދި މިހާރުގެ ޔޫއެންޑީޕީގެ ސީނިއަ ލީގަލް ކޮންސަލްޓެންޓް ހުސައިން ޝަމީމް އެވެ.

މިހާތަނަށް ރާއްޖޭގައި އަމަލުކުރަމުން އަންނަނީ 1960ގެ އަހަރުތަކުގައި ހަދާފައި އޮތް ގާނޫނުލް އުގޫބާތަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އާ ގާނޫނުލް އުގޫބާތު ޑްރާފްޓްކުރީ އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ ޕޯލް ރޮބިންސަން އެވެ.

އާ ގާނޫނުލް އުގޫބާތުގެ ބިލް ފުރަތަމަ މަޖިލީހަށް ފޮނުވީ 2006 ގަ އެވެ. އޭގެ ފަހުން 2009 ގައި އާ ރައްޔިތުންގެ މަޖިލީސް އިންތިހާބުކުރުމާ އެކު، ގާނޫނުލް އުގޫބާތުގެ ބިލް އަލުން މަޖިލީހަށް ހުށަހެޅި އެވެ. ގާނޫނުލް އުގޫބާތު ފާސްކޮށް، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ އޭޕްރީލް 13 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.