އަމީން ދީދީ ސްކޮލަޝިޕް ހަނާން އާއި ހަވާލުކޮށްފި

ހަނާން އެޑިޔުކޭޝަން މިނިސްޓަރ އަދި އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލާއެކު
ހަނާން އެޑިޔުކޭޝަން މިނިސްޓަރ އަދި އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލާއެކު

 

އަމީނިއްޔާ ސްކޫލުން 1995 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އަމީންދީދީ ސްކޮލަޝިޕް މި އަހަރު ލިބުނު ދަރިވަރާ މިއަދު ސްކޮލަޝިޕް ހަވާލުކޮށްފި އެވެ.

އަތޮޅުތަކުގެ ސްކޫލްތަކުން ގްރޭޑް ހަތެއް ނިންމައި އަމީނިއްޔާ އަށަކަށް ވަންނަ ކުދިންނަށް ދޭ ސްކޮލަޝިޕް، އެންމެ މަތިން މާކްސް ހޯދައިގެން މި އަހަރު ލިބިފައި ވަނީ ބ. އޭދަފުށީ، ދެވިނަގޭ އައިޝަތު ހަނާނު މަޖީދު އަށެވެ. އެ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ހަނާން އާ ސްކޮލަޝިޕް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

މިއަހަރު މުހައްމަދު އަމީން ދީދީ ސްކޮލޮޝިޕް ލިބުނު އޭދަފުށީ ދަރިވަރު ހަނާން އަށް މިނިސްޓަރު އައިޝަތު ޝިހާމް އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އަލީ ނަސީރު
މިއަހަރު މުހައްމަދު އަމީން ދީދީ ސްކޮލޮޝިޕް ލިބުނު އޭދަފުށީ ދަރިވަރު ހަނާން އަށް މިނިސްޓަރު އައިޝަތު ޝިހާމް އެވޯޑް ހަވާލުކޮށްދެއްވަނީ — ސަން ފޮޓޯ/ އަލީ ނަސީރު

 

މީގެ 20 އަހަރު ކުރިން ފެށިގެން މެދުކެނޑުމެއް ނެތި ދެމުން އަންނަ ސްކޮލަޝިޕަށް ހޮވޭ ކުއްޖެއްގެ ކިޔެވުމުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އަމީނިއްޔާ ފަންޑުންނެވެ. އޭގެ ތެރޭގައި ކިޔެވުމަށް ބޭނުންވާ ފޮތް ފަންސުރު ހޯދައިދިނުމާއި ޔުނިފޯމާއި ބޫޓު ފަދަ ތަކެތި ހޯދައިދިނުން ވެސް ހިމެނެ އެވެ. އަދި ގްރޭޑް ދިހައެއް ނިމެންދެން އެ ކުއްޖަކަށް ކޮންމެ މަހަކު ޕޮކެޓް މަނީއެއް ވެސް އަމީނިއްޔާ އިން ދެ އެވެ.

ބ. ތައުލީމީ މަރުކަޒުން ގްރޭޑް ހަތެއް ނިންމައި އަމީނިއްޔާއާ ގުޅުނު ހަނާން ބުނީ ޓެސްޓުގައި ބައިވެރިވީ ސްކޮލަޝިޕް ހޯދުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ. އަމީން ދީދީ ސްކޮލަޝިޕް ދެނީ އަމީނިއްޔާ އިން ގްރޭޑް އަށަކަށް ވަންނަން ދޭ ހިސާބާއި އިނގިރޭސި ޓެސްޓުން އެންމެ މަތީ މާކްސް ހޯދާ ދަރިވަރަކަށެވެ.

އަމީނިއްޔާގައި ސައިންސް ސްޓްރީމް ކިޔަވަމުން އަންނަ ހަނާންގެ ހުވަފެނަކީ ކިޔަވައި ނިންމައި އާކިޓެކްޗަރަކަށް ވުމެވެ.

މި ރަސްމިއްޔާތުގައި އެވޯޑް ހަވާލު ކުރުމުގެ އިތުރުން މި އަހަރު އަމީނިއްޔާ ސްކޫލްގެ ކެޕްޓަންކަން ހަވާލުކުރުމާއި ސްކޫލުގެ ސްޓޫޑެންޓް ކައުންސިލަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކުރުމާއި ހައުސްކެޕްޓަނުންނަށް ހޮވުނު ދަރިވަރުންނަށާއި އެހެނިހެން ހަރަކާތްތަކުގެ މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް މަގާމުގެ ސެޓްފިކެޓް ހަވާލުކުރުންވެސް އޮތެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Shameen

    މަރުޙަބާ ހަނާން. އަބަދުވެސް ބަސްއަހާ މޮޅު ކުއްޖަކަށް ވުމަށް ޢަޒުމް ކަނޑަ އަޅާތި. އަދި ތިގޮތުގައި ކުރިއަށް ދިއުމަށް ހިތްވަރުދެން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.