ހަވީރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ދެވަނަ މަގާމު ސެންޓޭއަށް

ސެންޓޭ އަށް ހަވީރުގެ ޗެއާމަން މުހައްމަދު ޒާހިރު ހުސެއިން އެވޯޑް ދެއްވަނީ /- ފޮޓޯ: އިމޭޖަސްޑޮޓްއެމްވީ
ސެންޓޭ އަށް ހަވީރުގެ ޗެއާމަން މުހައްމަދު ޒާހިރު ހުސެއިން އެވޯޑް ދެއްވަނީ /- ފޮޓޯ: އިމޭޖަސްޑޮޓްއެމްވީ

ދަރުބާރު ގޭގައި ރޭ އޮތް 21 ވަނަ ހަވީރު ސްޕޯޓްސް އެވޯޑްސް ނައިޓްގައި ހަވީރުން ހޮވި 2014 ވަނަ އަހަރުގެ ދެވަނައަށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އޭދަފުށްޓަށް އުފަން އަލީ ފާސިރު (ސެންޓޭ) އަށް ލިބިއްޖެ އެވެ. އަދި ހަވީރުން ހޮވި 21 އަހަރުން ދަށުގެ ދެވަނައަށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ލިބުނީ އޭދަފުށްޓަށް އުފަން ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މިއީ މިފަދަ އެވޯޑްތަކެއް އޭދަފުށީ ކުޅުންތެރިންތަކަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ގިނަ ބަޔަކު އުއްމީދުކުރި ގޮތާ ހިލާފަށް މޮޅު ކުޅުންތެރިއާގެ މަގާމު އަލީ ފާސިރަށް ގެއްލުނީ އެ މަގާމަށް ހޮވުނު އަސަދުﷲ ޢަބްދުﷲ އަށް ވުރެ 82 ޕޮއިންޓު މަދުން ލިބުމުންނެވެ. ސެންޓޭ އަށް ލިބުނީ 1677 ޕޮއިންޓެވެ. އަސަދުﷲ އަށް 1758 ޕޮއިންޓް ލިބުނު އިރު ތިންވަނައަށް ހޮވުނު ކްލަބް އީގަލްސްގެ އިސްމާއިލް އީސާ (މެސީ) އަށް ލިބުނީ 1374 ޕޮއިންޓެވެ. މި މަގާމަށް ދެން ވާދަކުރި މާޒިޔާގެ އަސްހަދު އަލީ (އަޑުބަރޭ) އަށް 825 ޕޮއިންޓް ލިބުނު އިރު އެ ޓީމުގެ މުހައްމަދު އާރިފް (ބަކާ) އަށް ލިބުނީ 582 ޕޮއިންޓް ލިބުނެވެ.

ޕީޕަލްސް ކަޕް 2015 ގައި ހަމްޕު މާޒިޔާ އާ ދެކޮޅަށް ކުޅެނީ /- ފޮޓޯ: އިމޭޖަސްޑޮޓްއެމްވީ
ޕީޕަލްސް ކަޕް 2015 ގައި ހަމްޕު މާޒިޔާ އާ ދެކޮޅަށް ކުޅެނީ /- ފޮޓޯ: އިމޭޖަސްޑޮޓްއެމްވީ

ހަވީރުން ހޮވާ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހަމްޕު އަށް ވުރެ 131 ޕޮއިންޓު އިތުރަށް ލިބިގެން މުހައްމަދު އިރުފާން (އިރޭ) ހޯދީ 1705 ޕޮއިންޓާ އެކު އެވެ. ހަމްޕު އަށް 1574 ޕޮއިންޓު ލިބުނު އިރު މި މަގާމަށް ދެން ވާދަކުރި ކްލަބް އީގަލްސްގެ ހަމްދާން އިބްރާހިމަށް ލިބުނީ 1344 ޕޮއިންޓެވެ.

ހަވީރުގެ ރަންބޫޓު ވެސް އަސަދުﷲ ހޯދައިފައި ވަނީ ސެންޓޭ އަށްވުރެ 4 ލަނޑު އިތުރަށް ޖަހައިގެން 30 ލަނޑާއެކު އެވެ. ސެންޓޭ އަށް ޖެހުނީ 26 ގޯލެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.