ހާޑްވެއާ ސާމާނަށް ހާއްސަ ފިހާރައެއް ހުޅުވައިފި

އޭދަފުށީގައި އަލަށް ހުޅުވި “ދައިސާ އޯކިޑް ހާޑްވެއާ”. މި ފިހާރައިން އަގުތައް ހެޔޮވާނެ ކަމަށް އެ ފިހާރައިން ބުނޭ. –އީޓީ ފޮޓޯ: ތޯރިގް

ގެދޮރު ޒީނަތްތެރިކުރަން ބޭނުންކުރާ އެކި ބާވަތްތަކުގެ ހާޑްވެއާ ސާމާނު ވިއްކުމަށް ހާއްސަ ފިހާރައެއް އޭދަފުށީގައި ހުޅުވައިފި އެވެ.

“ދައިސާ އޯކިޑް ހާޑްވެއާ” ގެ ނަމުގައި އިއްޔެ ހުޅުވި ފިހާރަ އިން ގޭތެރޭގެ އެކި ބޭނުންތަކަށް ބޭނުންވާ އެކި ކަހަލަ ހާޑްވެއާ ސާމާނު އަގު ހެޔޮ އަގުގައި ލިބޭނެ ކަމަށް ފިހާރައިގެ ފަރާތުން ވާހަކަ ދެއްކި އަބްދުއްރަޝީދު ބުންޏެވެ.

އޭގެ ތެރޭގައި ފާހާނާ ސެޓާއި، ތަށިމުށި، ފަދަ ގެދޮރު ޒީނަތްތެރިކުރުމަށް ބޭނުންކުރާ ސާމާނުތައް ހިމެނެ އެވެ.
އަބްދުއްރަޝީދު ބުނީ އޭދަފުށީ މަސްޖިދުލް މުއީނުއްދީން މިސްކިތް ކައިރީގައި ޒަމާނީގޭ ގައި ހުޅުވާފައިވާ “ދައިސާ އޯކިޑް ހާޑްވެއާ” ގެ އެންމެ ހާއްސަ ކަމަކީ އަގުތައް ކަމަށެވެ.
“ހާޑްވެއާ ސާމާނުތައް މިވަގުތު ވިއްކަން ހުރި މިރަށުގެ އެހެން ފިހާރަތަކާ އަޅާބަލާއިރު އަޅުގަނޑުމެންގެ އަގުތައް މާ ބޮޑަށް ވެސް ހެޔޮ ވާނެ. އަދި މިތަނުން ލިބެން ހުރި ތަކެތި ކޮލިޓީ ވެސް ވާނެ. ހޯލްސޭލްކޮށް ގަންނަ ފަރާތްތަކަށް އަދި ޚާއްސަ އަގެއްގައި ދެވޭނެ، އޭނާ ބުންޏެވެ.

މި ފިހާރައިން ވަރަށް އަވަހަށް ހާޑްވެއާގެ އިތުރު ބާވަތްތައްވެސް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.