އުރީދޫ އިން އޮފީސްތަކަށް އީސްޕޯޓްސް މުބާރާތެއް އިއުލާނުކޮށްފި

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި އޮފީސްތަކުގެ ޓީމްތައް ހާއްސަކޮށްގެން މަގުބޫލު ތިން ގޭމެއް ކަމަށްވާ އީއޭއެފްސީ24، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލްގައި ހިމެނޭ އީސްޕޯޓްސް މުބާރާތް އުރީދޫ ނޭޝަން އިންޓަ އޮފީސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ ނޭޝަން އިންޓަރ އޮފީސް މުބާރާތަކީ ރާއްޖޭގައި އުފެދިފައިވާ އީސްޕޯޓްސްގެ ކޮމިއުނިޓީއަށް ހިތްވަރުދީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ރޭވިފައިވާ މުބާރާތެކެވެ. މި މުބާރާތަކީ މުވައްޒަފުންގެ ގޭމިން ހުނަރު ދައްކާލައި، ޓީމްވޯކް އިތުރުކޮށް، އެކުވެރިކަން އުފެއްދުމަށް ރަގަޅު މުބާރާތެކެވެ.

އުރީދޫ ނޭޝަން އިންޓަރ އޮފީސް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ  އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ. މި މުބާރާތްތައް ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާއިރު، ސަޕޯޓަރުންނާއި އެކުވެރިންނަށް އެމީހުންގެ ޓީމުތަކަށް ތާއީދުކުރުމަށް ދައުވަތު ދެމެވެ. ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ހުރިހާ ޓީމަކަށް 2 އޮގަސްޓް 2024 ގެ ކުރިން ރަޖިސްޓްރީ ކުރެވޭނެ އެވެ.

މުބާރާތުގެ ހައިލައިޓްސް:

 އެފްސީ24: ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޭ ސްޕޯޓްސްގެ އެންމެ ފަހުގެ ފުޓްބޯޅަ ސިމިއުލޭޝަން ގޭމް އެފްސީ24 ގައި ހުނަރު ސާބިތުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ. ރިއަލިސްޓިކް ގޭމްޕްލޭ އާއި ވާދަވެރި ފީޗާތަކާ އެކު ބައިވެރިންނަށް ވާޗުއަލް ފުޓްބޯޅައިގެ ހުނަރު ދައްކާލުމަށް މިއީ ފުރިހަމަ މުބާރާތެކެވެ. އީއޭއެފްސީ މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ.

ރަޖިސްޓްރީ ކުރުމަށް: http://ore.do/eafcoffice

އިނާމު:

  • އެއްވަނަ އަށް 10،000 ރުފިޔާ
  • ދެވަނަ އަށް 6،000 ރުފިޔާ
  • ތިންވަނަ އަށް 4،000 ރުފިޔާ

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ): މަޝްހޫރު މޮބައިލް މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމް، އެމްއެލްބީބީގައި ޓީމްތަކުން ހަނގުރާމަތަކުގައި ބައިވެރިވާނެ އެވެ. ޓީމުތައް މޮޅުވުމަށް ވާދަކުރާއިރު ސްޓްރެޓެޖީ، ކޯޑިނޭޝަން އަދި ކުއިކް ރިފްލެކްސް މުހިންމުވާނެ އެވެ. މި މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 10،000ރ. ރަޖިސްޓްރީ ކުރުމަށް : http://ore.do/mlbboffice

އިނާމު:

  • އެއްވަނަ އަށް 4،000 ރުފިޔާ
  • ދެވަނަ އަށް 3،000 ރުފިޔާ
  • ތިންވަނަ އަށް 2،000 ރުފިޔާ
  • ހަތަރުވަނަ އަށް 1،000 ރުފިޔާ

ޕަބްޖީ މޮބައިލް: ބެޓްލް ރޯޔަލް އެރީނާއަކަށް ކުޅުންތެރިން ޕެރަޝޫޓް ކުރާއިރު، އެ ތަނުގައި ވާދަވެރިން ފަހަތަށް ޖައްސާލަން ޖެހެނީ ޗިކަން ޑިނާ ހޯދުމަށެވެ. ޕަބްޖީ މޮބައިލްގެ ހަލުވި އެކްޝަން އަދި ޓެކްޓިކަލް ގޭމްޕްލޭގެ ސަބަބުން ބައިވެރިން ވިސްނައިގެން ކުޅެގެން ނޫނީ މޮޅުވުމުގެ ފުރުސަތު ގެއްލިދާނެއެވެ. މި މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ.  ރަޖިސްޓްރީ ކުރުމަށް: http://ore.do/pubgmoffice

އިނާމު:

  • އެއްވަނަ އަށް 8،000 ރުފިޔާ
  • ދެވަނަ އަށް 5،000 ރުފިޔާ
  • ތިންވަނަ އަށް 3،000 ރުފިޔާ
  • ހަތަރުވަނަ އަށް 2،000 ރުފިޔާ
  • ފަސް ވަނަ އަށް 1،000 ރުފިޔާ
  • ހަ ވަނަ އަށް 1،000 ރުފިޔާ

ރަޖިސްޓްރީކުރުމުގެ ތަފްސީލާއި އިތުރު މައުލޫމާތު އުރީދޫ ނޭޝަންގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.