ދިރާގާއެކު “އީޓީ” ން އެމްއޯޔޫއެއްގައި ސޮއިކޮށްފި

އީޓީ އާއި ދިރާގާ ދެމެދު އެމްއޯޔޫގައި ސޮއިކުރަނީ--
އީޓީ އާއި ދިރާގާ ދެމެދު އެމްއޯޔޫގައި ސޮއިކުރަނީ–

ނޫސްވެރިކަމާއި ލިޔުންތެރިކަމަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން އޭދަފުށީ ޓައިމްސް އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ދިރާގު އޭދަފުށީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އޭދަފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު އަބްދުﷲ ސާދިގު އެވެ. އަދި އީޓީ ގެ ފަރާތުން ސޮއިކުރެއްވީ ނޫހުގެ އެޑިޓަރު ތޯރިގް އަބްދުއްރަހްމާނެވެެ.

މި އެމްޔޫގެ ސަބަބުން، މިއީ މި ނޫސް އިތުރަށް ފުޅާކޮށް ގިނަ މައުލޫމާތު ހިމެނޭ ނޫހަކަށް ހެދުމަށް ލިބުނު އިތުރު ހިތްވަރެއްކަމަށް އީޓީ ދެކެމެވެ.

މި އެމްޔޫގެ ދަށުން ދިރާގުން ހިންގާ ހަރަކާތްތަކުގެ ހަބަރާއި މައުލޫމާތު އީޓީގެ ފަރާތުން ފޯރުކޮށްކޮށްދެމުން ގެންދާނެ އެވެ. އަދި އީޓީން ހިންގާ ހަރަކާތްތަކަށް ދިގާގުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުން ލިބިގެންދާނެ އެވެ.

އޭދަފުށި ޓައިމްސް (އީޓީ) އަކީ އޭދަފުށީ ޒުވާނުންތަކެއް އިސްނަގައިގެން އޭދަފުއްޓާއި އަދި ޚާއްސަކޮށް ބ. އަތޮޅުގެ ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން 2008 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ އޮންލައިން ނޫހެކެވެ.
މީގެ ކުރިންވެސް ދިރާގުން ވަނީ އީޓީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އަންނަ ވެބްސައިޓްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ނޫސްތަކަށް އެހީތެރިވެދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.