ޗެމްޕިއަން ފެއިމްސް ޔުނައިޓެޑުން ހަތް ތަރީގެ ފެށުމެއް

ފެއިމްސް ޔުނައިޓެޑާއި ކިހާދު މޯލްޑިވްސް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ
ފެއިމްސް ޔުނައިޓެޑާއި ކިހާދު މޯލްޑިވްސް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ

އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖު މިއަދު ހަވީރު ފަށައިފިއެވެ. އޭދަފުށީ ފުޓުބޯޅަ ދަނޑުގައި މި މުބާރާތުގައި މިއަދު ކުޅުނީ ގުރޫޕް އޭގެ ދެމެޗެވެ.

ފުރަތަމަ މެޗުގައި ބައްދަލުކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑާއި ކިހާދު މޯލްޑިވްސް އެވެ. 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މިމެޗު ކާމިޔާބުކުރީ ފެއިމްސް ޔުނައިޓެޑެވެ. ފެއިމްސް ޔުނައިޓެޑްގެ މުހައްމަދު ފާސިރު (ފާއްޓޭ) މިމެޗުގައި ހެޓްރިކް ހެދިއިރު އަލީ ޒުބައިރު ވަނީ ދެލަނޑު ކާމިޔާބުކޮށްދީފަ އެވެ. އަދި އިޝާން އިބްރާހީމް (ސައްޓު) ލަނޑެއް ކާމިޔާބުކުރިއިރު އަނެއްލަނޑަކީ އަލީޒުބައިރުގެ ހަމަލާއެއް ކިހާދު މޯލްޑިވްސްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. ކިހާދު މޯލްޑިވްސްގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ހަސަނެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ފެއިމްސް ޔުނައިޓެޑްގެ މުހައްމަދު ފާސިރެވެ.

ކިހަވައް ސްޓްރައިކާސް އާއި ޓީމް ރޯޔަލް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ
ކިހަވައް ސްޓްރައިކާސް އާއި ޓީމް ރޯޔަލް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ

ދެވަނަ މެޗުގައި ބައްދަލުކުރީ އަނަންތަރާ ކިހަވައް ސްޓްރައިކާސް އާއި ޓީމް ރޯޔަލް އެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި މެޗު ނިމުނީ 3-2 އިން ޓީމް ރޯޔަލް މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ ފަނަރަ މިނިޓުތެރޭ ޓީމް ރޯޔަލްއިން ގިނަ ހަމަލާތަކެއް އުފައްދާ މޮޅަށް ކުޅުނެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ދާދި ގާތްގާތުގައި ދެ ގޯލު ޖަހާ ލީޑު ހޯދާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން މުއާޒް އަލީ އާއި ސާމީ އިބްރާހިމެވެ. އެހެންނަމަވެސް ރޯޔަލްގެ ދެވަނަ ގޯލަށްފަހު ކިހަވައް ސްޓްރައިކާސް އިން ވަނީ އެޓީމުގެ ކުޅުން ރަގަޅުކޮށް، ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ގޯލެއްޖަހާ، ނަތީޖާ 2-1 އަށް ބަދަލު ކޮށްލާފަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ވާއިޒެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ ގޯލުވެސް ޖެހި އަލީ ވާއިޒް ވަނީ ހުނައިން އަބްދުލް ހާރިސްގެ އެހީތެރިކަމާއެކު ކިހަވައް ސްޓްރައިކާސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ރޯޔަލް މިމެޗުން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސާމީ އިބްރާހީމްގެ ޕާހަކުން މޮޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނު އަހުމަދު ނިހާނެވެ.

މާދަމާ ހަވީރުވެސް މި މުބާރާތުގެ ދެ މެޗެއް ކުޅެވޭނެއެވެ. ފުރަތަމަ އޮންނާނީ ގުރޫޕް ބީގެ ވެލާ ސިޓީއާއި ސޮނެވާފުށި ރިސޯޓެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ސީގެ ޔުނައިޓެޑް ވީ އާއި އަމިއްލަފުށްޓެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. މީމަ

    ކިޔަވާ ކުދިންނަކީ އިތުރު ހަރަކާތް ތަކުގައި ބައިވެރިވާ ޖެހޭ ކުދިން…. އިތުރު ހަރަކާތް ތަކުގައި ބައިވެރި ވެގެން ކިޔެވުމުގެެ އެންމެ ފުރިހަމަކަން ފެންނާނީ….. އެކުދިން ނުޖެހޭ ކިޔަވާ ނިމެންދެން ކުޅިވަރު ކުޅުމުން މަހުރޫމް ކުރާކަށް… ކްލަބް ދަބިގިނާސްއިން ވަރަށް ވިސްނާފަ އެޅި ރަނގަޅު ފިޔަވަޅެއްމީ… ސްކޫލު ވެސް ބަރާބަރު…

    ރައްދު
  2. waw

    ސްކޫލް ދުވަސްވަރު ބާއްވާ މިފަދަ މުބާރާތްތަކުގައި ސްކޫލު ކުދިންނަށް ބައިވެރިނުވެނޭ ގޮތް ހެދުމަށް ޖަމިއްޔާ ތަކަށް ގޮވާލަން. ކުއްޖަށް ބޮޑޫ އަނިޔާއެއް ލިބި، ގެއްލުން ލިބެއްޖެނަމަ ހުރިހާ ގެއްލުމެއް ދަރިވަރަށް، މިކަކުގައި ސްކޫލުތަކުން ހުއްދަދޭކަމީ މިކަމަށް ސްކޫލުތަކުންވެސް ތަރުހީބުދޭކަން. މިކަން ބަދަލުކުރުމަށް ގޮވާލަން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.