ވެލައާއި ޔުނައިޓެޑް ވީ މޮޅުވިއިރު ސޮނެވާއާއި އަމިއްލަފުށި ބަލިވެއްޖެ

ވެލާ ސިޓީ އާއި ސޮނެވާފުށި ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ
ވެލާ ސިޓީ އާއި ސޮނެވާފުށި ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ

އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖު މިއަދު ހަވީރު ކުޅުނު މެޗުތަކުން ގުރޫޕް ބީގެ ވެލާ ސިޓީ އާއި ގުރޫޕް ސީގެ ޔުނައިޓެޑް ވީ މޮޅުވެއްޖެއެވެ.

ފުރަތަމަ މެޗުގައި ގުރޫޕް ބީގެ ވެލާ ސިޓީ އާއި ސޮނެވާފުށި ބައްދަލުކުރި މެޗު ނިމުނީ 1-0 އިން ވެލާ ސިޓީ ކާމިޔާބު ކޮށްގެންނެވެ. ދެ ޓީމުގެފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ވެލާ ސިޓީއަށް އެޓީމުގެ ހަމައެކަނި ގޯލު މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު ޝާހީ މޫސާ އެވެ.

ޔުނައިޓެޑް ވީ އާއި އަމިއްލަފުށި ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ
ޔުނައިޓެޑް ވީ އާއި އަމިއްލަފުށި ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ

ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގެ ޔުނައިޓެޑް ވީ އާއި އަމިއްލަފުށްޓެވެ. 4-3 އިން ޔުނައިޓެޑް ވީ ކާމިޔާބުކުރި މިމެޗުގައި ފުރަތަމަ ގޯލުޖަހާ ލީޑުހޯދީ އަމިއްލަފުށްޓެވެ. މެޗުގެ 12 ވަނަ މިނިޓުގައި ހަސަން ޝިފާހު ކާމިޔާބުކުރި ގޯލަކުން އަމިއްލަފުށި ކުރިހޯދައިފައި ވަނިކޮށް އަބްދުﷲ ޖާހް ޖާދުﷲ ގެ އެހީތެރިކަމާއެކު ހުސައިން ޝިހުބާން ވަނީ ޔުނައިޓެޑް ވީ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުސައިން ފާސިރު ވަނީ ޔުނައިޓެޑް ވީ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. ދެވަނަ ހާފު ފެށިގެން ހަތް ސިކުންތުތެރޭގައި ހަމްދާން އަބްދުއްސައްތާރު ވަނީ ޔުނައިޓެޑް ވީއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ، ލީޑު ފުޅާކޮށްދީފަ އެވެ. ޔުނައިޓެޑް ވީގެ ހަތަރުވަނަ ގޯލު ކާމިޔާބު ކޮށްދިނީ ހާފިޒް އަހުމަދެވެ. މިގޯލަށްފަހު އަމިއްލަފުށި ވަނީ މެޗުގެ އެންމެ ފަހު މިނިޓުގައި ދެގޯލު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މި ދެގޯލު ވެސް އަމިއްލަފުށްޓަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް ހުސައިނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔުނައިޓެޑް ވީގެ ހުސައިން ޝިހުބާނެވެ.

މާދަމާ ހަވީރު ކުޅެވޭނީ މި މުބާރާތުގެ ގުރޫޕް އޭގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފެއިމްސް ޔުނައިޓެޑާއި އަނަންތަރާ ކިހަވައް ސްޓްރައިކާސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކިހާދު މޯލްޑިވްސް އާއި ޓީމް ރޯޔަލް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.