އޭޑީއެސްއެލް ހިލޭ ގުޅައިދޭ ޕްރޮމޯޝަން މުއްދަތު ދިރާގުން އިތުރުކޮށްފި

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްޖާދު ވާހަކަދައްކަވަނީ: އޭޑީއެސްއެލް ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ ނިޔަލަށް.-- ފޮޓޯ: ދިރާގު
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްޖާދު ވާހަކަދައްކަވަނީ: .– ފޮޓޯ: ދިރާގު

 

އޭޑީއެސްއެލް އިންޓަނެޓް ހިދުމަތް ހިލޭ ގުޅައިދިނުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ މުއްދަތު ދިރާގުން އިތުރުކޮށްފި އެވެ.

ދިރާގުން ބުނި ގޮތުގައި، މާލޭގެ އިތުރުން، އޭޑީއެސްއެލް ހިދުމަތް ލިބޭ ހުރިހާ ރަށެއްގައި މިދިޔަ މަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ.

މި ޕްރޮމޯޝަންގައި ގޭގެއަށާއި ކުދި ވިޔަފާރިތަކަށް ހިލޭ އޭޑީއެސްއެލް ކަނެކްޝަން ގުޅައި ދެ އެވެ. އެގޮތުން ހިލޭ ކަނެކްޝަން ގުޅައި ދެނީ ޕްރޯ އަންލިމެޓްޑް 15 އެމް، ޕްރޯ އަންލިމިޓެޑް 5 އެމް، ޕްރޯ އަންލިމިޓެޑް 1 އެމް، ހޯމް ޕްރިމިއާ 10އެމް، ހޯމް ޕްރިމިއާ 4އެމް، ހޯމް ޕްލަސް، ސްޓޫޑަންޓް ސްޓާޓާ، ސްޓޫޑަންޓް ލައިޓް، ހޯމް އަލްޓްރާ ފާސްޓް ޕްލަސް، ހޯމް އަލްޓްރާފާސްޓް އަދި ކުދި ވިޔަފާރި ތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފިކްސްޑް ބްރޯޑްބޭންްޑް ބިޒްނަސް ޕެކޭޖުތަކަށެވެ.

 އޭޑީއެސްއެލް ހިދުމަތާ ގުޅޭ ޕްރޮމޯޝަނެއް ދިރާގުން ފަަށާފައި ވާއިރު، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ތްރީޖީ އިންޓަނެޓުގެ ހިދުމަތް ދޭން ވެސް ދިރާގުން ވަނީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.