އިތުބާރު ނެތްކަމަށް ޕާސްކުރީ ޕާޓީ ބަދަލުކުރުމުން: ސަމީރު

ބ ކަމަދޫ ކައުންސިލުގެ ރައީސް އަހުމަދު ސަމީރު -- ކަމަދޫ ކައުންސިލް
ބ ކަމަދޫ ކައުންސިލުގެ ރައީސް އަހުމަދު ސަމީރު — ކަމަދޫ ކައުންސިލް

 

ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހްމަދު ސަމީރުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް، އިއްޔެ އޭނާ މަގާމުން ވަކިކުރީ ވެރިކަން ކުރާ ޕީޕީއެމަށް ދާދިފަހުން ސޮއިކުރުމުން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޓިކެޓްގައި ކަމަދޫ ކައުންސިލަށް ހޮވި ވަޑައިގެންނެވި އަހްމަދު ސަމީރު ވިދާޅުވިގޮތުގައި ކައުންސިލު ހިންގުމުގައި އޭނާ އިހުމާލުވާކަމަށްބުނެ، މަގާމުން ވަކި ކުރިނަމަވެސް އެކަހަލަ އެއްވެސް މައްސަލައެއް ދެއްކޭކަށް ނެތެވެ.

“ދެން ޕީޕީއެމަށް ބަދަލުވުމާ ގުޅިގެން އިހުމާލު ވުމުގެ މައްސަލަތަކެއް އުޅޭބުނެ އިތުބާރު ނެތްކަމަށް ވޯޓް ނެގިއަސް އެފަދަ އެއްވެސް މައްސަލައެއް ދެއްކިފައެއް ނެތް. ބޮޑަށް ބެލެވެނީ މިއީ ހަމަ ސިޔާސީ ނިންމުމެއް ކަމަށް،” ފުރަތަމަ ދައުރުވެސް ކަމަދޫ ކައުންސިލުގެ ރައީސްގެ މަގާމު ފުރުއްވި ސަމީރު ވިދާޅުވި އެވެ.

ސަމީރު އިއްޔެ މަގާމުން ވަކިކުރިއިރު މީގެ މަހެއްހާ ދުވަސް ކުރިން އޭނާވަނީ ވެރިކަން ކުރާ ޕީޕީއެމަށް ސޮއިކުރައްވާފަ އެވެ.

ކަމަދޫ ކައުންސިލުގެ ރައީސްކަމުން ސަމީރު ވަކިކުރީ އިއްޔެ އެ ކައުންސިލްގެ ބައްދަލުވުމުގައި ނެގި ވޯޓުގައި ތިން މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ. ކަމަދޫ ކައުންސިލުގައި ތިއްބަވަނީ ފަސް ކައުންސިލަރުންނެވެ.

ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ރޫހާ އެއްގޮތަށް ކައުންސިލު ހިންގުމުގައި ސަމީރު އިހުމާލުވަމުންދާ ކަމަށް ގަބޫލުކުރެވޭތީ، އޭނާ އާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ މެންބަރު ހަސަން ޒަރީރު އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކަމަދޫ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ ތިން މެމްބަރުންނާއި ޕީޕީއެމްގެ މެމްބަރެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.