އަނަންތަރާގެ މައްޗަށް ކުރިހޯދާ، ފެއިމްސް ޔުނައިޓެޑް ކުއާޓާ އަށް

ފެއިމްސް ޔުނައިޓެޑާއި ކިހަވައް ސްޓްރައިކާސް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ
ފެއިމްސް ޔުނައިޓެޑާއި ކިހަވައް ސްޓްރައިކާސް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ

އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖު ގެ ގުރޫޕް އޭ ގައި އަނަންތަރާ ކިހަވައް ސްޓްރައިކާސްގެ މައްޗަށް ކުރިހޯދައި، ފެއިމްސް ޔުނައިޓެޑް ކުއާޓާ ފައިނަލްސްގެ ޖާގަ ކަށަވަރު ކުރިއިރު، ޓީމް ރޯޔަލް ކިހާދު މޯލްޑިވްސްގެ އަތްދަށުވެއްޖެ އެވެ.

މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ފެއިމްސް ޔުނައިޓެޑުން ކުއާޓާ ފައިނަލްސްގެ ޖާގަ ކަށަވަރު ކުރީ އަނަންތަރާ ކިހަވައް ސްޓްރައިކާސްގެ މައްޗަށް 4-0 އިން ކުރިހޯދައިގެންނެވެ. ފެއިމްސް ޔުނައިޓެޑުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަލީ ޒުބައިރާއި މުހައްމަދު ފާސިރެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު މުހައްމަދު ފާސިރު ވަނީ މިމެޗުގައި ހެޓްރިކް ހަދައިފައެވެ. މިއީ އޭނާ މިމުބާރާތުގައި ހެދި ދެވަނަ ހެޓްރިކެވެ. މި ދެހެޓްރިކާއެކު މުޅިޔަކު 6 ގޯލު ޖަހައިގެން ލަނޑު ލިސްޓުގެ އެންމެ ކުރީގައި ވެސް އުޅެނީ މުހައްމަދު ފާސިރެވެ.

ކިހާދު މޯލްޑިވްސް އާއި ރޯޔަލް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ
ކިހާދު މޯލްޑިވްސް އާއި ރޯޔަލް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ

ދެވަނަ މެޗުގައި ޓީމް ރޯޔަލް ކިހާދު މޯލްޑިވްސްގެ އަތްދަށުވީ އެންމެ ފަހު ވަގުތު ކިހާދު މޯލްޑިވްސް އިން ޖެހި ލަނޑާއެކު 3-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ގެވަނަ ހާފު ފެށިގެން މާގިނައިރުތަކެއްނުވެ، އަލީ ހަސަނާއި އަހުމަދު ނާޒިމްގެ ގޯލުތަކުން ކިހާދު މޯލްޑިވްސް އިން ވަނީ މެޗުގައި ކުރަތަމަ ފަހަރަށް ލީޑުނަގާފަ އެވެ. ކިހާދު މޯލްޑިވްސްގެ ދެވަނަ ލަނޑު ޖެހިތާ މިނިޓެއް ފަހުން މުހައްމަދު ރިޔާޒް ވަނީ ލަނޑެއްޖަހާ، ޓީމް ރޯޔަލް އަށް ސުން ކަނޑުވާލަދީފަ އެވެ. މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ޓީމް ރޯޔަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުއާޒް އަލީ އެވެ. މި ގޯލު ޖެހިތާ މިނިޓެއް ވެސް ނުވަނީސް ކިހާދު މޯލްޑިވްސްގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން އަހުމަދު ނިޒާމް ވަނީ ލަނޑެއްޖަހާ، ދެވަނަ ފަހަރަށް އެޓީމަށް ލީޑުހޯދައިދީ ތިން ޕޮއިންޓު ކަށަވަރު ކޮށްދީފަ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ، ކިހާދު މޯލްޑިވްސްއަށް ދެލަނޑު ކާމިޔާބުކޮށްދިން އަހުމަދު ނިޒާމެވެ.

މާދަމާ ހަވީރު މިމުބާރާތުގައި ކުޅެވޭދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކުރާނީ، ގުރޫޕް ސީގެ ޔުނައިޓެޑް ވީ އާއި ވެލިގަނޑު އައިލެންޑް ރިސޯޓެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީގެ ވެލާ ސިޓީ އާއި އެފްއެސް ލަނޑާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.