ޔުނައިޓެޑް ވީ އާއި ވެލާ ސިޓީ ކުއާޓާ އަށް

ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ވެލާ ސިޓީ އާއި ސޮނެވާ ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ
ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ވެލާ ސިޓީ އާއި ސޮނެވާ ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ

އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގައި ގުރޫޕް ބީގެ ވެލާ ސިޓީ އާއި ގުރޫޕް ސީގެ ޔުނައިޓެޑް ވީ ކުއާޓާ ފައިނަލަށް ހޮވިއްޖެ އެވެ.

މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ގުރޫޕް ސީގެ ޔުނައިޓެޑް ވީއިން ކުއާޓާ ފައިނަލްގެ ޖާގަ ހޯދީ، ވެލިގަނޑު އައިލެންޑް ރިސޯޓާ ވާދަކޮށް، 1-1 އިން މެޗު އެއްވަރުކޮށްގެންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނުނު ދެގޯލުވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. ޝާފިއު މުހައްމަދުގެ ގޯލަކުން ވެލިގަނޑު އައިލެންޑް ރިސޯޓުން ލީޑުނަގާފައި ވަނިކޮށް ޔުނައިޓެޑް ވީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ އާސިފެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ވެލިގަނޑު އައިލެންޑް ރިސޯޓުން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކުރި ޔުނައިޓެޑް ވީގެ ގޯލްކީޕަރު އަފްޒަލް އިބްރާހީމެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ ވެލާ ސިޓީ އާއި އެފްއެސް ލަނޑާ އެވެ. މިމެޗު ނިމިގެން ދިޔައީ 2-2 އިން އެއްވަރުވެގެންނެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ މުހައްމަދު އަޖުފާނުގެ ލަނޑަކާއެކު 1-0 އިން ވެލާ ސިޓީ ކުރީގައި އޮވެގެންނެވެ. ދެވަނަހާފު ފެށިގެން އެފްއެސް ލަނޑާގެ އަފްރާހް މުހައްމަދު އުފެއްދި ހަމަލާއެއް ވެލާ ސިޓީއަށް ގޯލުކާމިޔާބު ކޮށްދިން މުހައްމަދު އަޖުފާނު ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލުން ނަތީޖާ އެއްވަރުވެފައި ވަނިކޮށް ދެވަނަފަހަރަށް ވެލާ ސިޓީއަށް ލީޑުނަގައިދިނީ އަޝްރަފް މުހައްމަދެވެ. އެހެންނަމަވެސް އެފްއެސް ލަނޑާގެ ޔޫސުފް ސިދުގީ ވަނީ އެޓީމަށް ލަނޑެއް ޖަހައިދީ، ޓީމު ބަލިނުވެ ސަލާމަތް ކޮށްދީފަ އެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ވެލާ ސިޓީގެ ޝާހީ މޫސާއެވެ.

މިއަދުގެ ފުރަތަމަ މެޗު ފެށުމުގެކުރިން ވެލިގަނޑު އައިލެންޑް ރިސޯޓުން ވަނީ، ކެންސަރުގެ ބާވަތެއް ކަމަށްވާ ހޮޖްކިންސް ލިމްފޯމާ އަށް ފަރުވާކުރަމުންދާ އޭދަފުށީ ހަލީމާހައުސް ޒައިދު އަލީގެ ފަރުވާއަށް އެހީތެރިވުމުގެގޮތުން މުބާރާތް ކުޅެމުންދާ ސަރަހައްދުގައި ފަންޑު ފޮއްޓެއް ބަހައްޓައިފަ އެވެ. އަދި މިމުބާރާތް ނިމެންދެން މެޗުތައް ކުޅެމުންދާ ވަގުތުތަކުގައި މިފަންޑުފޮށި ހުޅުވިފައި ހުންނާނެކަންވެސް ވަނީ އިއުލާން ކޮށްފަ އެވެ.

މާދަމާ ހަވީރު މިމުބާރާތުގައި ކުޅެވިގެންދާނީ ގުރޫޕް އޭގެ އެންމެ ފަހު ދެމެޗެވެ. ފުރަތަމަ މެޗުގައި އަނަންތަރާ ކިހަވައް ސްޓްރައިކާސް އާއި ކިހާދު މޯލްޑިވްސް ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ފެއިމްސް ޔުނައިޓެޑާއި ޓީމް ރޯޔަލް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.