އުރީދޫ މޮބައިލް ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް އާ ޕެކޭޖްތަކެއް

އުރީދޫ މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މަރިޔަމް އަހުމަދު ދީދީ. .--ފޮޓޯ: އުރީދޫ
އުރީދޫ މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މަރިޔަމް އަހުމަދު ދީދީ. .–ފޮޓޯ: އުރީދޫ

 

އުރީދޫގެ ކަސްޓަމަރުންގެ ބޭނުންތަކަށް ޕެކޭޖްތައް ފެއްތުމުގެ ގޮތުން މޮބައިލް ޑޭޓާގެ އާ ޕެކޭޖްތަކެއް އެ ކުންފުނިން މިއަދު ތައާރަފުކޮށްފި އެވެ.

ބޮޑު ބަދަލަކާއެކު އުރީދޫން އަލަށް ތައާރަފުކުުރި ޑޭޓާ ޕެކޭޖްތަކަކީ 99ރ. އަށް 500އެމްބީ، 199ރ. އަށް 2ޖީބީ، 299ރ. އަށް 4ޖީބީ، 599ރ އަށް 8.5ޖީބީ، 899ރ އަށް 14ޖީބީ، 999ރ އަށް 20ޖީބީ، 1999ރ. އަށް 60 ޖީބީ ގެ އިތުރުން 3،199ރ. އަށް 100ޖީބީ އަދި 5699ރ. އަށް 200ޖީބީގެ ޕެކޭޖެކެވެ. މި ހުރިހާ ޕެކޭޖް ތަކާއެކު އުރީދޫގެ ކަސްޓަމަރުންނަށް މިހާރު ޖުމުލަ ނުވަ ޑޭޓާ ޕެކޭޖެއް ލިބެ އެވެ.

އުރީދުން އަލަށް ތައާރަފުކުރި ޑޭޓާ ޕެކޭޖްތައް
އުރީދުން އަލަށް ތައާރަފުކުރި ޑޭޓާ ޕެކޭޖްތައް

 

 

އުރީދުން ބުނިގޮތުގައި އެ ކުންފުނީގެ ގިނަ ކަސްޓަމަރުން ބޭނުންކުރަނީ ޑޭޓާ ޕެކޭޖެވެ.

އާ ޕެކޭޖްތަކުގެ އެންމެ ހާއްސަ ކަމަކީ، އުރީދޫން ބުނިގޮތުގައި މިހާރަށް ވުރެ ބޮޑު ޑޭޓާ އެލަވަންސެއް ލިބުމާއި، ފޭސްބުކާއި ޓްވިޓާ ހިލޭ ބޭނުން ކުރެވުމެވެ.

އެގޮތުން 200ޖީބީގެ ޕެކޭޖަކީ ރާއްޖޭގައި އެންމެ ބޮޑު އެލަވަންސް ލިބޭ މޯބައިލް ޑޭޓާ ޕެކޭޖް ކަމަށް އުރީދުން ބުންޏެވެ.

ޑޭޓާ ޕެކޭޖްތަކަށް ގެނައި ބަދަލާއެކު ޓްވިޓާ އާއި ފޭސްބުކް ހިލޭ ނުލިބޭނީ 500އެމްބީގެ ޕެކޭޖަށެވެ. އަދި 2 ޖީބީ އާއި 4ޖީބީގެ ޕެކޭޖްގައި ހިލޭ ލިބެނީ ފޭސްބުކެވެ. އެހެން ޕެކޭޖްތައަކަށް ފޭސްބުކާއި ޓްވިޓަ ހިލޭ ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.