ކުއާޓާއަށް ޓީމުތައް ހޮވިއްޖެ

ގުރޫޕް ސްޓޭޖުގައި ޔުނައިޓެޑް ވީ އާއި އަމިއްލަފުށި ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ
ގުރޫޕް ސްޓޭޖުގައި ޔުނައިޓެޑް ވީ އާއި އަމިއްލަފުށި ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: އަބޫ ޔައުލާ

އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގައި ކުއާޓާ ފައިނަލުގައި ވާދަކުރާ ޓީމުތައް ހޮވިއްޖެ އެވެ.

މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގެ އަމިއްލަފުށްޓާއި ވެލިގަނޑު އައިލެންޑް ރިސޯޓެވެ. 5-2 ގެ ނަތީޖާއަކުން މިމެޗު ކާމިޔާބުކުރީ ވެކާމިޔާބުކުރީ ވެލިގަނޑު އައިލެންޑް ރިސޯޓެވެ. ހުސައިން ޝިފާހު އަމިއްލަފުށްޓަށް ލީޑު ނަގައިދީފައި ވަނިކޮށް ވެލިގަނޑުން ވަނީ ފަހަތުން އަރާ ފަސް ގޯލު ޖަހައިފަ އެވެ. ވެލިގަނޑަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ހުސައިން ވާފިރާއި އިބްރާހީމް ޒާހިރުގެ އިތުރުން އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އަދި ޝާފިއު މުހައްމަދު (ފިއްޓޭ) އެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ސޮބީ ވަނީ މިމެޗުގައި ވެލިގަނޑަށް ދެގޯލު ޖަހައިދީފަ އެވެ. އަމިއްލަފުށީގެ ދެވަނަ ގޯލަކީ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ހައްސާން އަބްދުއްޝުކޫރުގެ ފައިގައި ޖެހި، ބައިކޮޅަށް ވަތް ލަނޑެކެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ ސޮނެވާފުށްޓާއި އެފްއެސް ލަނޑާ އެވެ. 7-1 އިން މިމެޗު ކާމިޔާބުކުރީ ސޮނެވާފުށްޓެވެ. ފުރަތަމަ މިމެޗުގައި ގޯލުޖަހާ ލީޑުނެގީވެސް ސޮނެވާފުށިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ރަޝީދެވެ. އިބްރާހީމް ފަރީދު ލަނޑާ އަށް ލަނޑެއްޖަހާ އެއްވަރު ކޮށްދިންން ނަމަވެސް، ދެވަނަ ހާފުގައި ސޮނެވާފުށިން ވަނީ ފަހަތުންއަރާ ހަ ގޯލުޖަހައިފަ އެވެ. މިގޯލުތައް ސޮނެވާފުށްޓަށް ޖަހައިދިނީ އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) އާއި އިބްރާހީމް މާޖިދު އަދި އަޒުމީން އަބްދުއްސައްތާރެވެ. މަޖިއްޓޭ މިމެޗުގައި ތިން ލަނޑުޖަހާ ހެޓްރިކް ހެދިއިރު އަޒުމީން އަބްދުއްސައްތާރު ވަނީ ދެގޯލު ޖަހައިފަ އެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ސޮނެވާފުށްޓަށް ހެޓްރިކް ހަދައިދިން މަޖިއްޓޭ އެވެ.

ކުއާޓާ ފައިނަލަށް ޓީމުތައް ހޮވިފައިވާގޮތުގެ ތާވަލް
ކުއާޓާ ފައިނަލަށް ޓީމުތައް ހޮވިފައިވާގޮތުގެ ތާވަލް

މިނަތީޖާއާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސޮނެވާފުށްޓަށް ކުއާޓާ ފައިނަލުން ޖާގަ ލިބުނުއިރު ވެލިގަނޑު އައިލެންޑް ރިސޯޓަށް ކުއާޓާގެ ޖާގަ ލިބުނީ ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮންމެ ގުރޫޕަކުން ތިންވަނަ އަށްދާ ޓީމުތަކުން ނަތީޖާ އެންމެ ރަނގަޅު ދެޓީމަށް ކުއާޓާގެ ޖާގަ ލިބޭއިރު، މިދެޖާގަ ލިބުނީ ގުރޫޕް ބީ އަދި ސީގެ އެފްއެސް ލަނޑާއާއި އަމިއްލަ ފުށްޓަށެވެ. ގުރޫޕް އޭގެ އަނަންތަރާ ކިހަވައް ސްޓްރައިކާސްއަށް ކިހާދު މޯލްޑިވްސްއާ ކުޅެގެން ތިން ޕޮއިންޓް ލިބިފައިވީނަމަވެސް އެޓީމުވަނީ މުބާރާތުން ކަޓައިފަ އެވެ. އެއީ ގުރޫޕް އޭގައި ހަތަރު ޓީމު އޮވެފައި ގުރޫޕް ބީ އަދި ސީގައި ތިންޓީމު އޮތުމުން، ގުރޫޕް އޭގެ ޕޮއިންޓް ތާވަލުގައި ގުރޫޕުގެ ފުލަށް ދިޔަ ކިހާދު މޯލްޑިވްސްގެ މެޗުތަކުގެ ނަތީޖާ ހިމަނައިފައި ނުވާތީ އެވެ.

މިއަދުގެ މެޗުތައް ނިމުމުން ކުއާޓާ ފައިނަލުގައި ވާދަކުރާ ޓީމުތަކުގެ ގުރުލުން ވަނީ ބާއްވާފަ އެވެ. ހޮނިހިރު އަދި އާދީއްތަ ދުވަހު ކުއާޓާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވާއިރު ހޮނިހިރު ދުވަހުގެ ހަވީރު ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީމް ރޯޔަލް އާއި އަމިއްލަފުށްޓެވެ. އަދި ދެވަނަ މެޗުގައި ވާދަކުރާނީ ފެއިމްސް ޔުނައިޓެޑާއި އެފްއެސް ލަނޑާ އެވެ. އާދީއްތަ ދުވަހުގެ ހަވީރު ކުޅެވިގެންދާ ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވެލާ ސީޓީ އާއި ޔުނައިޓެޑް ވީ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ވެލިގަނޑާއި ސޮނެވާފުށްޓެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު

    ތި ނޫހަށް ކިޔަންވީމު ކުޅިވަރު ނޫސް. އާ އެހެންޏާ ފަހެ ރަށުގުެ ތަރައްޤީގެ އެއްވެސް ހަބަރެއް ނޯވޭ. ކީއްކުރަން ނެރޭ ނޫހެއްތަ. ނޫސް ވެރިކަން ވެސް ވެއްޖެ ދަސްކުރަން. މިހާރު ރަށުގައިވެސް މުހިއްމު މަސަައްކަތްތަކެއް އެބަ ކުރޭ. އެހެނަސް އެއްވެސް މަޢުލޫމާތެއް ނުލިބޭ. ތިގޮތަށް ފުޓުބޯޅާ ކުޅުމަށްވުރެ މާލެ އައިސް ޓީމުތަކާ ވާދަކޮށްބަލަ. ބޭނުންނެތް ގޮތަކަށް ކުޅޭ ފުޓުބޯޅައެއްތީ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.