ރޯޔަލް އާއި ފެއިމްސް ޔުނައިޓެޑް ސެމީ އަށް

Q2-4
ފެއިމްސް ޔުނައިޓެޑާއި އެފްއެސް ލަނޑާ މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: އިރުހާސް އިބްރާހީމް

އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގައި ސެމީ ފައިނަލުން ޓީމް ރޯޔަލް އާއި ފެއިމްސް ޔުނައިޓެޑް ޖާގަ ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅެވުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އަމިއްލަފުށްޓާ ވާދަކޮށް ޓީމް ރޯޔަލް މޮޅުވީ 3-1 އިންނެވެ. އަނަސް މުހައްމަދާއި މުއާޒް އަލީ އަދި ސާމީ އިބްރާހީމް ރޯޔަލްގެ ގޯލުތައް ކާމިޔާބު ކޮށްދިންއިރު އަމިއްލަފުށްޓަށް އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ޝިފާހެވެ. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ، ޓީމް ރޯޔަލްގެ ސާމީ އިބްރާހީމެވެ.

ކުއާޓާގެ ދެވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ފެއިމްސް ޔުނައިޓެޑާއި ފޯސީޒަންސް ލަނޑާގިރާވަރެވެ. 5-1 އިން މިމެޗު ކާމިޔާބުކުރީ ފެއިމްސް ޔުނައިޓެޑެވެ. ފެއިމްސް ޔުނައިޓެޑްގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓޭ) އާއި އަހުމަދު ހަނީފް އަދި އިޝާން އިބްރާހީމް (ސައްޓު) އެވެ. މުހައްމަދު ފާސިރާއި އަހުމަދު ހަނީފް، މިދެކުޅުންތެރިން ވަނީ އެޓީމަށް މެޗުގައި ދެގޯލު ޖަހައިދީފަ އެވެ. މީގެތެރެއިން މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ހަނީފް އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.

ކުއާޓާގެ ފަހު ދެމެޗު މާދަމާ ހަވީރު ކުޅެވިގެންދާނެ އެވެ. ފުރަތަމަ މެޗުގައި ވެލާ ސީޓީ އާއި ޔުނައިޓެޑް ވީ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ވެލިގަނޑާއި ސޮނެވާފުށްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.