އެވިޑް ޓްރެއިނިންގ ސެންޓަރުން މިއަތޮޅު ހިތާދޫގައި ކޯސްތަކެއް ފެށުމަށް ގަސްތުކުރާ ކަމަށް އެ ސެންޓަރުން އިއުލާން ކޮށްފި އެވެ.
ޕްރީސްކޫލް ޓީޗިންގެ ސެޓްފިކެޓް ލެވެލް ތިނަކާއި އެޑްމިނިސްޓްރޭޝަންގެ ސެޓްފިކެޓް ކޯސްތަކެއް ހިތާދޫގައި ވަރަށް އަވަހަށް ފަށާނެކަމަށް އިއުލާން ކޮށްފައިވަނީ ވޭތުވެދިޔަ 2012 ވަނަ އަހަރު ގުރުއާނާބެހޭ މަރުކަޒުގެ ހިތާދޫ ގޮފީގައި ހިންގާފައިވާ ކޯސްތައް ފުރިހަމަ ކުރި ބައިވެރިންނަނަށް ސެޓްފިކެޓް ހަވާލު ކުރުމުގެ ރަސްމީޔާތުގައި އެވިޑް ޓްރެއިނިންގ ސެންޓަރުގެ ވެރިޔއަބްދުﷲ މުސްތާގު އެވެ.
ސެޓްފިކެޓް ދިނުމުގެ އެ ރަސްމީއްޔަތުގައި ވާހަކަފުޅު ދައްކަވަމުން މުސްތާގު ވިދާޅުވީ ހިތާދޫގައި ވަރަށް އަވަހަށް އެވިޑްގެ ކޯސްތައް ފެށިގެންދާނެ ކަމަށެވެ.
” މިބަލަނީ އިރާދަ ކުރެއްވިއްޔާ މިއަހަރުގެ ފެބުރުއަރީ ހިސާބުގައި މިކޯސްތައް ފެށޭތޯ،” މުސްތާޤްގެ ވާހަކައިގައި ވިދާޅުވި އެވެ.
ވުމާއިއެކު މިހީ ހިތާދުއަށާއި މުޅި ބ އަތޮޅުގެ ތައުލީމަށްވެސް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށް ވެގެންދާނެ އެވެ.