ރޯޔަލް އާއި ސޮނެވާފުށި ފައިނަލަށް

1
ސޮނެވާ އާއި ފެއިމްސް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: އަބޫ ޔައުލާ

އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގެ ފައިނަލުން ރޯޔަލް އައިލެންޑް ރިސޯޓާއި ސޮނެވާފުށި ރިސޯޓުން ޖާގަހޯދައިފި އެވެ.

ރޯޔަލް އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ،މިއަދު ހަވީރު ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވީއާ ވާދަކޮށް، 5-1 އިން މެޗުކާމިޔާބު ކޮށްގެންނެވެ. ސާމީ އިބްރާހީމްގެ ދެގޯލާއެކު ރޯޔަލް އިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފު ފެށުނުތަނާ އެޓީމުގެ އަހުމަދު ނިހާން ވަނީ ގޯލެއްޖަހާ، ތިން ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ. އެއަށްފަހު ހަމްދާން އަބްދުލް ސައްތާރު ޔުނައިޓެޑް ވީއަށް ގޯލެއް ޖަހައިދީ، ނަތީޖާގެ ފަރަގު ދެގޯލަށް ކުޑަކުރި ނަމަވެސް، އަނަސް މުހައްމަދާއި މުހައްމަދު ރިޔާޒް ވަނީ، ޓީމް ރޯޔަލް އަށް ދެގޯލު ޖަހައިދީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްދީފަ އެވެ. މިމެޗުގެ މޮށުކުޅުންތެރިއަކަށް ހޮވުނީ، ރޯޔަލްގެ ފުރަތަމަ ދެގޯލް ކާމިޔާބުކޮށްދިން ސާމީ އިބްރާހީމެވެ.

ރޯޔަލް އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: އަބޫ ޔައުލާ
ރޯޔަލް އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: އަބޫ ޔައުލާ

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ވޭތުވެދިޔަ އަހަރު މިމުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރި ދެޓީމެވެ. ޗެމްޕިއަން ފެއިމްސް ޔުނައިޓެޑާއި ރަނަރަޕް ސޮނެވާފުށި ރިސޯޓު ބައްދަލުކުރި ފޯރިގަދަ މިމެޗު 4-2 އިން ކާމިޔާބުކުރީ ސޮނެވާފުށި ރިސޯޓެވެ. ސޮނެވާފުށިން ޖެހި ފުރަތަމަ ގޯލަކީ، އެޓީމުގެ މުހައްމަދު ރަޝީދު އުފެއްދި ހަމަލާއެއް، ޔުނައިޓެޑް ވީގެ ކީޕަރު ދިފާއުކޮށް ފޮނުވާލަން އުޅުމުގެތެރޭގައި އެޓީމުގެ މުހައްމަދު ފާސިރު (ފާއްޓޭ) ގައިގައި ޖެހިފައި ބައިކޮށަށް ވަން ގޯލެކެވެ. ޝާޑު މުހައްމަދުގެ ގޯލަށްފަހު ސޮނެވާފުށި ދެލަނޑުގެ ލީޑަކާއެކީ ފުރަތަމަ ހާފު ނިންމާލަން ދަނިކޮށް ފެއިމްސް ޔުނައިޓެޑަށް ހިތްވަރު އާކޮށްދިނީ ލިބުނު ހިލޭޖެހުމަކުން އިޝާން އިބްރާހީމް (ސައްޓު) އެވެ. އެހެންނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ، އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) ވަނީ ސޮނެވާފުށްޓަށް އަނެއްކާވެސް ދެލަނޑުގެ ލީޑެއް ނަގައިދީފަ އެވެ. މެޗު ނިމެން ދެމިނިޓަށް ވެފައި ވަނިކޮށް މުހައްމަދު ފާސިރު ފެއިމްސް ޔުނައިޓެޑަށް ލަނޑެއް ކާމިޔާބުކޮށްދީ، ނަތީޖާގެފަރަގު އެއް ގޯލަށް ކުޑަކޮށްފައިވަނިކޮށް އިބްރާހީމް މާޖިދު ވަނީ ސޮނެވާފުށްޓަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ، ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް މުބާރާތުން ކަޓުވާލައިފަ އެވެ. މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ ސޮނެވާފުށީގެ މުހައްމަދު ޝިޔާމެވެ.

މިދިޔަ އަހަރުގެ ރަނަރަޕް ސޮނެވާފުށި ރިސޯޓާއި މިމުބާރާތުގައި މުޅިން އަލަށް ބައިވެރިވި ޓީމްބައްދަލުކުރާ މިމުބާރާތުގެ ފައިނަލް މެޗު ކުޅެވިގެންދާނީ މާރޗު 11 ވާ ބުދަ ދުވަހުގެ ހަވީރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.