ރޯޔަލް ބަލިކޮށް ސޮނެވާފުށި ޗެމްޕިއަންކަން ހޯދައިފި

އަލްމަރުހޫމް ޝާހީން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ސޮނެވާފުށި – ފޮޓޯ: ޓީބީ ފޭސްބުކް ޕޭޖް
އަލްމަރުހޫމް ޝާހީން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ސޮނެވާފުށި – ފޮޓޯ: ޓީބީ ފޭސްބުކް ޕޭޖް

އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ސޮނެވާފުށި ރިސޯޓު ހޯދައިފި އެވެ.

ސޮނެވާފުށި ޗެމްޕިއަންކަން ހޯދީ، މިއަދު ހަވީރު ކުޅެވުނު ފައިނަލް މެޗުގައި ފަހަތުންއަރާ 4-1 އިން ރޯޔަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފުރަތަމަ ހާފުގައި ރޯޔަލްގެ ހަމައެކަނި ލަނޑު މުހައްމަދު ރިޔާޒް ކާމިޔާބު ކޮށްދިންއިރު ސޮނެވާފުށީގެ ހަތަރު ލަނޑު ވެސް ޖަހައިފައި ވަނީ ދެވަނަ ހާފުގައެވެ. މިގޯލުތައް ސޮނެވާފުށްޓަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ރަޝީދާއި އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) އަދި އަޒްމީން އަބްދުލް ސައްތާރެވެ. މަޖިއްޓޭ ވަނީ މެޗުގައި ދެގޯލުޖަހާ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. މުބާރާތުގައި ފެނުނު ހަމައެކަނި ރަތް ކާޑު ވެސް ވަނީ، މިއަދުގެ ފައިނަލް މެޗުގައި ފެނިފައެވެ. އެއީ ޓީމް ރޯޔަލްގެ ސާމީ އިބްރާހީމަށް ދެވަނަ ރީނދޫ ކާޑަކާއި އެކު ދެއްކި ރަތް ކާޑެކެވެ.

މިމުބާރާތުގެ އެކިއެކި ވަނަތަކަށް ބަލައިލާއިރު އެންމެމޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ސޮނެވާފުށި ރިސޯޓުގެ އާދަމް ނިޒާމާއި، އަބްދުލް މަޖީދު އިބްރާހީމް އަދި ޓީމް ރޯޔަލްގެ އަނަސް މުހައްމަދާއި ސާމީ އިބްރާހީމްގެ އިތުރުން ފެއިމްސް ޔުނައިޓެޑްގެ މުހައްމަދު ފާސިރެވެ. ފެއިމްސް ޔުނައިޓެޑްގެ މުހައްމަދު ފާސިރު ވަނީ މުބާރާތުގައި 10 ލަނޑު ޖަހާ، ރަންބޫޓު ވެސް ހާސިލް ކޮށްފަ އެވެ. މުބާރާތުގެ އެންމެ މޮށު ކޯޗަކަށް ހޮވުނީ، މިދިޔަ އަހަރުގެ މިމުބާރާތުގެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދި، ސޮނެވާފުށީގެ ޢަބްދުﷲ ރަޝީދެވެ. މިމުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ވެލާ ސިޓީ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ސޮނެވާފުށި ރިސޯޓުގެ އަބްދުލް މަޖީދު އިބްރާހީމެވެ. މޮޅުކުޅުންތެރިޔާގެ މަގާމާއެކު މަޖިއްޓޭއަށް ވަނީ ލަންކާ ދެކޮޅު ޓިކެޓު ވެސް ލިބިފައެވެ.

މިމެޗަށްފަހު މުބާރާތްކުރިޔަށް ގެންދާ ކްލަބް ދަ ބިގިނާސްއިން ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ އޭދަފުށީ ހަލީމާހައުސް، ޒައިދު އަލީގެ ފަރުވާއަށް އެހީތެރިވުމުގެ ގޮތުމް ޒައިދުގެ އާއިލާ އަށް ރަމްޒީ ޗެކެއް ވެސް ހަވާލު ކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.