އޭދަފުށީ ގުރުއާން މުބާރާތް ފަށައިފި

އޭދަފުށީ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގައި ދަރިވަރަކު މިއަދު ހަވީރު ކިޔަވަނީ. މި ުބާރާރުގައި 50 އަށްވުރެ ގިނަ ކުދިން ވާދަކުރޭ
އޭދަފުށީ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގައި ދަރިވަރަކު މިއަދު ހަވީރު ކިޔަވަނީ. މި މުބާރާރުގައި 50 އަށްވުރެ ގިނަ ކުދިން ވާދަކުރޭ

ބ. އޭދަފުށީ ކައުންސިލުން ރަށު ފެންވަރުގައި ބާއްވާ ގުރުއާން މުބާރާތް މިއަދު ފަށައިފި އެވެ.

އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި މިއަދު ހަވީރު ފެށި މި މުބާރާތުގެ ފުރަތަމަ ދަންފަޅީގައި 9 ދަރިވަރަކު ވަނީ ކިޔަވާފަ އެވެ. މުބާރާތުގެ ކިޔެވުން މިރެއާއި މާދަމާ ހެނދުނާއި މެންދުރުފަހުވެސް ކުރިއަށްދާނެ އެވެ.

މި މުބާރާތަކީ ރަށު ކައުންސިލުން ބުނި ގޮތުގައި މިއަހަރުގެ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށްޓަކައި ބާއްވާ އަތޮޅު މުބާރާތުގައި ތަމްސީލުކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތެކެވެ.

އޭދަފުށީ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގައި ދަރިވަރަކު މިއަދު ހަވީރު ކިޔަވަނީ. މި ުބާރާރުގައި 50 އަށްވުރެ ގިނަ ކުދިން ވާދަކުރޭ
އޭދަފުށީ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގައި ދަރިވަރަކު މިއަދު ހަވީރު ކިޔަވަނީ.

މި ރަށުގައި ހިންގާ ސްކޫލް ތަކަށާއި ގުރުއާން ކްލާސް ތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ތައުލީމީ މަރުކަޒުގެ އިތުރުން ބަހިއްޔާ ޕްރީ ސްކޫލުންނާއި ގުރުއާން ކްލާސްތަކުން 52 ދަރިވަރުން ވާދަކުރެ އެވެ.

އޭދަފުށީ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ
އޭދަފުށީ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.