އަންހެނުންގެ ކުޅިވަރު ހަވީރެއް ބާއްވައިފި

މިއަދު އޮތް ކުޅިވަރު ހަވީރުގައި އަންހެނުންތަކެއް އެރޯބިކްސް ހަރަކާތެއްގައި
މިއަދު އޮތް ކުޅިވަރު ހަވީރުގައި އަންހެނުންތަކެއް އެރޯބިކްސް ހަރަކާތެއްގައި

 

މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އަންހެނުންގެ ކުޅިވަރު ހަވީރެއް މިއަދު ބާއްވައިފި އެވެ.

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމުކޮށްގެން، ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ބޭއްވި މި ހަވީރުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި އެވެ. ތަފާތު ކުޅިވަރު ހަރަކާތްތަކާ އެކު ކުރިއަށް ގެންދިޔަ މި ހަވީރު އެރޯބިކްސް، ބަށި، އަންހެންނުގެ ފުޓްބޯޅަ އަދި ތިންމުގޯލި ފަދަ ކުޅިވަރުތައް ބޭއްވި އެވެ.

މިއަދު އޮތް ކުޅިވަރު ހަވީރުގެ ތެރެއިން
މިއަދު އޮތް ކުޅިވަރު ހަވީރުގެ ތެރެއިން

 

މިއަދު އޮތް ކުޅިވަރު ހަވީރުގައި އަންހެނުންތަކެއް އެރޯބިކްސް ހަރަކާތެއްގައި
މިއަދު އޮތް ކުޅިވަރު ހަވީރުގައި އަންހެނުންތަކެއް އެރޯބިކްސް ހަރަކާތެއްގައި

 

އަންހެނުންގެ ކޮމެޓިގެ ރައީސާ އައިޝަތު ހުސައިން ވިދާޅުވި ގޮތުގައި އަންހެނުންގެ ކުޅިވަރު ހަވީރެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު މި ފަދަ ދުވަހެއްގައި އެއްބައިވަންތަކާއި އެކުވެރިކަމަށް އާލާކޮށް ހުރިހާ އަންހެން ބޭފުޅުން އެއްތަނަކުން ބައްދަލުކޮށްލުމެވެ.

މިއަދު އޮތް ކުޅިވަރު ހަވީރުގެ ތެރެއިން
މިއަދު އޮތް ކުޅިވަރު ހަވީރުގެ ތެރެއިން

 

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ މާޗް 8 އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.