އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ތައުލީމީ މަރުކަޒުގެ ޓީމެއް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމު ޕްރެކްޓިސް ކުރަނީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމު ޕްރެކްޓިސް ކުރަނީ

 

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރު ބާއްވާ 13 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެއް ވާދަކުރާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

މާޗު މަހުގެ 15 އިން 23 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުން  އިތުރުން މ. އަތޮޅު ތައުލީމީ މަރުކަޒާއި، ނ އަތޮޅު މޭނާ ސްކޫލާއި، ވ. ކެޔޮދޫ ސްކޫލުގެ އިތުރުން ލާލޭ އިންޓަނޭޝަނަލް ސްކޫލާއި އިސްކަންދރު ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ވާދަކުރާނެ އެވެ.

ބެޑްމިންޓަށް ޓީމުގެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށްދެނީ
ބެޑްމިންޓަށް ޓީމުގެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށްދެނީ

 

މިއަހަރުގެ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ކުރިއަށްދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އަމިއްލަ އިވެންޓުތަކުގެ ކުޅުމާއި ޓީމް އިވެންޓުގެ ކުޅުމެވެ.

ތައުލީމީ މަރުކަޒުން ބުުނި ގޮތުގައި އެ ސްކޫލުން މުބާރާތުގައި ވާދަކުރާނީ 16 އަހަރުން ދަށުގެ ޓީމު އިވެންޓްގަ އެވެ. މުބާރާޓުގައި ވާދަކުރާ ބެޑްމިންޓަން ޓީމު މާލެ ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމު ސްޕޮންސާ ކޮށްފައިވަނީ އެފްރޯ ސާވިސް ސެންޓަރާއި ޖީ ނައިން ޓްރޭޑަސް އިންނެވެ.

ބެޑްމިންޓަށް ޓީމުގެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށްދެނީ
ބެޑްމިންޓަށް ޓީމުގެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށްދެނީ

 

ބެޑްމިންޓަނަކީ އޭދަފުށިގައި މިހާރު ޒުވާނުން ފޯރިއާއެކު ކުޅޭ ކުޅިވަރެކެވެ. ފުޓްބޯޅައިގެ އިތުރުން ބެޑްމިންޓަނުންވެސް އޭދަފުށި އަންނަނީ ބޮޑެތި ކާމިޔާބީ ތަކެއް ހޯދަމުންނެވެ. އެގޮތުން އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ތަށި އޭދަފުށީން ވަނީ މިދިޔަ އަހަރު މިލްކުވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.