ބ. އަތޮޅު ގުރުއާން މުބާރާތަށް އޭދަފުށިންް ކުދިން ހޮވައިފި

ބ. އަތޮޅު ގުރުއާން މުބާރާތަށް ހިވުނު ދަރިވަރަކަށް ހަނދާނީލިޔުންދެނީ. މި މުބާރާތް 15 ދަރިވަރުން ވަނީ ހޮވާފައި
ބ. އަތޮޅު ގުރުއާން މުބާރާތަށް ހިވުނު ދަރިވަރަކަށް ހަނދާނީލިޔުންދެނީ. މި މުބާރާތް 15 ދަރިވަރުން ވަނީ ހޮވާފައި

 

ބ. އަތޮޅު ގުރުއާން މުބާރާތުގައި އޭދަފުށިން ބައިވެރިވާނެ 15 ދަރިވަރުން ހޮވައިފި އެވެ.

މި މުބާރާތަށް ހޮވިފައިވާ ދަރިވަރުންގެ ނަންތައް އިއުލާނު ކޮށްފައިވަނީ އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވިި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެ ރަސްމިއްޔާތުގައި އަތޮޅު މުބާރަތަށް ހޮވުނު ދަރިވަރުންނަށް ހަނދާނީލިޔުން ދެއްވީ އަތޮޅު ކައުންސިލުގެ ނައިބް ރައީސް މަބްރޫކް ނަސީރެވެ.

އޭދަފުށީ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގައި ދަރިވަރަކު މިއަދު ހަވީރު ކިޔަވަނީ. މި ުބާރާރުގައި 50 އަށްވުރެ ގިނަ ކުދިން ވާދަކުރޭ
އޭދަފުށީ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތުގައި ދަރިވަރަކު އިއްޔެ ހަވީރު ކިޔަވަނީ.

 

އެ ރަސްމިއްޔާތުގައި ފަނޑިޔާރުންގެ ބެޗުން ބުނިގޮތުގައި މުބާރާތް ކުރިއަށްދިޔައީ ވަރަށް ވާދަވެރިކޮށް ކަމަށާއި ޖުމްލަކޮށް ބަލާއިރު މި މުބާރާތުގައި ދަރިވަރުންގެ ކިޔެވުން ވަރަށް ރަނގަޅުކަން ފާހަގަކުރި އެވެ. އެގޮތުން މުބާރާތުގައި 52 ދަރިވަރުން ވާދަކޮށް ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެއް ދަރިވަރުން 80 އަށްވުރެ މަތިން މާކުސް ހޯދާފައިވާކަމަށް ފަނޑިޔާރުން ބުންޏެވެ.

މިއަހަރުގެ އަތޮޮޅު ގުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކާއި ރަށެއް އަދި އަތޮޅު ކައުންސިލުން އިއުލާނެއް ނުކުރެ އެވެ. މި މުބާރާތް އާއްމުގޮތެއްގައި ބާއްވަނީ އޭޕްރިލްމަހު ފަހުކޮޅުއެވެ.

މުބާރާތަށް ހޮވުނު 15 ދަރިވަރުން؛

ޝަމާއިލް މުހައްމަދު ނަސީރު، ހިޔާ / ބ. ހިތާދޫ

ފާޠިމަތު ޔުމްނާ ޢާޠިފް، ސަބްދެލިގެ / ބ. އޭދަފުށި

ހުސައިން އައުޝަމް ސަޢީދު، ކަނދުމާގެ / ބ. އޭދަފުށި

ފާޠިމަތު ޔުމްނު ޔޫސުފް ޒިޔާދު، ޖީޒާ / ބ. އޭދަފުށި

އައިޝަތު ދިފްލާ، އިރުމަތީގެ، ބ/ އޭދަފުށި

ޝައުފާ ނަސީރު، މާއްޑޫގެ / ބ. އޭދަފުށި

ހިޝްމާ ޚާލިދު، ދޮންދުބުރިގެ / ބ. އޭދަފުށި

މަރިޔަމް ހުދާ، ފެހިވިނަ / ބ. އޭދަފުށި

އަޝްހާ އަލީ ވަހީދު، އަލިތަރި / ބ. އޭދަފުށި

އައިޝަތު ޝައިބާ، އަލިވާގެ / ބ. އޭދަފުށި

ނުޢުމާ މުހައްމަދު، ހަވީރު / ބ. އޭދަފުށި

މުހައްމަދު ނާއިޝް، ދަނބުގެ / ބ. އޭދަފުށި

ހައިޝަމް ޚާލިދު، ދޮންދުބުރިގެ / ބ. އޭދަފުށީ

އަބްދުﷲ ނާއިފް، ސޯސަންގެ / ޅ. ނައިފަރު

އައިޝަތު ޝަހާ ޝަމްއޫން، ޓިކާނާ / ބ. އޭދަފުށި

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.