ބަހިއްޔާ ޕްރީ ސްކޫލު ކުދިންގެ މިއަހަރުގެ ސްޕޯޓްސް މީޓްް ބާއްވައިފި އެވެ.
އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ބޭއްވި ސްޕޯޓްސް މީޓުގައި އެ ސްކޫލުގެ ނާސަރީ އާއި ޔޫކޭޖީ އަދި އެލްކޭޖީން 190 އަށް ވުރެ ގިނަ ކުދިން ބައިވެރިވި އެވެ.
މި ސްޕޯޓްސް މީޓްގައި ރިލޭ ރޭސް، ގޯނި ރޭސް، ބޯޅަ ހޮވުންފަދަ ކުޅިވަރުތައް ކުރިއަށް ދިޔައެވެ.