ބެޑްމިންޓަން ފުރަތަމަ މެޗުގައި މިއަދު ހަވީރު އަހުމަދިއްޔާއާ ދެކޮޅަށް

ތައުލީމީ މަރުކަޒުގެ ޓީމު މާލެ ފުރުމުގެ ކުރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން. އެ ޓީމު ކުޅޭ ފުރަތަމ މެޗު މިއަދު ހަވީރު އޮންނާނެ -- ފޮޓޯ / ބ. އަތޮޅު ތައުލީމީ މަރުކަޒު
ތައުލީމީ މަރުކަޒުގެ ޓީމު މާލެ ފުރުމުގެ ކުރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން. އެ ޓީމު ކުޅޭ ފުރަތަމ މެޗު މިއަދު ހަވީރު އޮންނާނެ — ފޮޓޯ / ބ. އަތޮޅު ތައުލީމީ މަރުކަޒު

 

މާލޭގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ 13 ވަނަ އިންޓަ ސްކޫލު ބެޑްމިންޓަން މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ދެކޮޅަށް ނިކުންނަން ޖެހިއްޖެ އެވެ.

މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށްދާ މި މެޗުގެ ކުޅުން ފަށާނީ ހަވީރު 16:00 ގަ އެވެ.

މިއަދުން ފެށިގެން މިމަހުގެ 23 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމު 16 އަހަރުންދަށުގެ ޓީމު އިވެންޓްގައި ވާދަކުރާއިރު، އެ ޓީމު ހިމެނެނީ ގްރޫޕް އެކެއްގަ އެވެ. އެ ގްރޫޕުގައި އަހުމަދިއްޔާގެ އިތުރުން ދެން ހިމެނެނީ މޭނާ ސްކޫލާއި މ. އަތޮޅު ތައުލީމީ މަރުކަޒެވެ.

ގްރޫޕް ދޭއްގައި ވާދަ ކުރަނީ ލާލޭ އިންޓަނޭޝަނަލް ސްކޫލާއި އިސްކަންދަރު ސްކޫލުގެ އިތުރުން ވ. ކެޔޮދޫ ސްކޫލެވެ.

މުބާރާތުގައި ތައުލީމީ މަރުކަޒުގެ ޓީމު ކުޅޭ މެޗުތަކުގައި އެ ޓީމަށް ސަޕޯޓް ކުރުމަށް މާލޭގައި ތިބި އެ މަރުކަޒުގެ މުސްކުޅި ދަރިވަރުންނާއި އަދި ބ. އަތޮޅުގެ ވީހާވެސް ގިނަ ބަޔަކު ދިއުމަށް އެ ޓީމުން އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.