މިއަދު މެންދުރު ފެށި 13 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.
މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ވާދަކޮށް ފަސޭހަކަމާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒު މޮޅުވީ ސީދާ ފަސް މެޗުންނެވެ.
މި މުބާރާތުގައި ތައުލީމީ މަރުކަޒު ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ހަވީރު 4:00 ގައި ނުކުންނީ މ. އަތޮޅު ތައުލީމީ މަރުކަޒާ ދެކޮޅަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މިފަހަރުގެ މުބާރާތުގައި 14 ސްކޫލުން 437 ކުޅުންތެރިން ވާދަކުރާ ކަމަށެވެ.
މަވަރަށް މޮޅުދޯ .. މާދަންވެސް ހަމަ އެހާ މޮޅަށް ކުޅޭނަން . . މަންމަ ޕުރައުޑް ވާވަރަށް .