މާލޭގައި މިހާރު ކުރިއަށްދާ 13 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައިބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމު ކުޅުނު ދެވަނަ މެޗުން ބަލިވެއްޖެ އެވެ.
މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މ. އަތޮޅު ތައުލީމީ މަރުކަޒާ ބައްދަލުކޮށް އޭދަފުށީ ބ. އަތޮޅު ތައުލީމީ މަރުކަޒު ބަލިވީ ތިން މެޗު ދެ މެޗުންނެވެ.
ބ. ތައުލީމީ މަރުކަޒުގެ ޓީމު މިއަދުގެ މެޗުން ބަލިވި ނަމަވެސް މުބާރާޓުގަިއ ކުޅުނު ފުރަތަމަ މެޗުން އިއްޔެ ވަނީ ފަސޭހަކަމާއެކު މޮޅުވެފަ އެވެ. މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު ދެން ވާދަކުރާނީ ނ. އަތޮޅު މޭނާ ސްކޫލާއެވެ. އެ މެޗުގެ ކުޅުން ފަށާނީ މާދަމާރޭ 6:00 ގަ އެވެ. ސެމީން ޖާގަ ހޯދުމަށްޓަކައި އެ މެޗުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު މޮޅުވާން ޖެހެއެވެ.
މިފަހަރުގެ މުބާރާތުގައި 14 ސްކޫލުން 437 ކުޅުންތެރިން ވާދަކުރެ އެވެ.
އެ އޯކޭ ވާނެ. އަދި މޮޅުވެވޭނެ.’!