‘ސޮނޭވާ އައިޑަލް’ ގެ ފައިނަލް ޝޯ މިރޭ

ސޮނޭވާ އައިޑަލްގެ އޮޑިޝަންގެ ތެރެއިން. މުބާރާތުގެ ފައިނަލް ޝޯ މިރޭ އޮންނާނެ-- ފޮޓޯ / ސޮނެވާފުށި
ސޮނޭވާ އައިޑަލްގެ އޮޑިޝަންގެ ތެރެއިން. މުބާރާތުގެ ފައިނަލް ޝޯ މިރޭ އޮންނާނެ– ފޮޓޯ / ސޮނެވާފުށި

 

ބ. އަތޮޅުގައި ހިންގަމުންދާ ސޮނޭވާ ފުށި ރިސޯޓުގެ މުވައްޒަފުންގެ މެދުގައި ‘ސޮނޭވާ އައިޑަލް’ ގެ ނަމުގައި ފެށި ލަވަ މުބާރާތުގެ ފައިނަލު ޝޯ މިރޭ އޮންނާނެ އެވެ.

އާއްމުކޮށް ހުރިހާ މުވައްޒިފުންނަށް ހުޅުވާލައިގެން ބޭއްވި މި ލަވަ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިންގެ މެދުގައި އޮޑިޝަނެއް ބޭއްވުމަށްފަހު، އެވެ. އެގޮތުން 12 ސްޓާފުން ވާދަކުރި މި މުބާރާތުގެ ފައިނަލް ރައުންޑަށް ހޮވިފައިވަނީ 4 ފަރާތެކެވެ.

ސޮނޭވާ އައިޑަލްގެ އޮޑިޝަންގެ ތެރެއިން. މުބާރާތުގެ ފައިނަލް ޝޯ މިރޭ އޮންނާނެ-- ފޮޓޯ / ސޮނެވާފުށި
ސޮނޭވާ އައިޑަލްގެ އޮޑިޝަންގެ ތެރެއިން. މުބާރާތުގެ ފައިނަލް ޝޯ މިރޭ އޮންނާނެ– ފޮޓޯ / ސޮނެވާފުށި

 

ސޮނޭވާ ފުށިން ބުނީ މުވައްޒަފުންގެ ރެކްރިއޭޝަން ހަރަކާތެއްގެ ގޮތުގައި ފެށި މި މުބާރާތް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއްވަނަ އަށް ދާ ފަރާތަކަށް 500 ޑޮލަރު (7710 ރުފިޔާ) ދޭގޮތަށް ބާއްވާ މުބާރާތުގެ ފައިނަލް ޝަރަފުވެރިކޮށް ދިނުމަށް ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ބައިވެރިވާނެ ކަމަށް އެ ރިސޯޓުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.