ވިކްޓަރީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ގޮއިދޫ ޔޫތު ސޮސައިޓީ ޓީމު އެކުވެރިކަމުގެ މެޗެއް މާދަމާ ކުޅެން ހަމަޖެހިފައިވާ ކަމަށް ޔޫތު ސޮސައިޓީން ބުނެފި އެވެ.
ގޮއިދޫ ޔޫތު ސޮސައިޓީ ޖަމްއިއްޔާގެ ރައީސް އަޙްމަދު ރިޔާޒު ވިދާޅުވީ މި މެޗަކީ އެޖަމިއްޔާ އާއި ވިކްޓްރީ އާއި ދެމެދު ގުޅުން ބަދަހިކުރުމުގެ ވިކްޓްރީއަށް އާކުޅުންތެރިން ހޯދުމަށް އެކުލަބުން ކުރާ ދަތުރާއި ގުޅުވައިގެން ކުޅޭ މެޗެއް ކަމަށެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ މެޗަށް ދަނޑު ތައްޔާރު ކުރުމުގެ މަސައްކަތާއި ވިކްޓަރީ ޓީމަށް މަރުޙަބާ ކިޔުމުގެ އިންތިޒާމްތައް ހަމަޖެއްސުމެވެ. މިމަސައްކަތުގައި އެ ޖަމިއްޔާގެ މެންބަރުންނާއި ރަށުގެ ރައްޔިތުންނާއި ޒުވާނުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
ވިކްޓްރީ ޓީމް ގޮއިދޫއަށް އައުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ.
ގޮއިދޫ ފުޓްބޯޅަ ޓީމު ވަނީ މިދިޔަ އަހަރު ބ. އަތޮޅަށް ހުޅުވާލައިގެން އޭދަފުށީގައި ބޭއްވި ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް ގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ގޮއިދޫ 5….. ވިކްޓަރީ 0